ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިޢުލާންވަނީ 25 ޖަނަވަރީ 2022 13:38 ގައި ބާތިލް ކުރެވިފައެވެ.
މި ކައުންސިލްގެ ނަންބަރު: (IUL)225-ID/225/2021/38 (14 ޑިސެންބަރު 2021)އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަން އަގުބޮޑު ކަމަށް ފެންނާތީ، އެ ބީލަން ބާޠިލްކޮށް، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަލުން ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01، GC02 އަށް ޝަރުތުހަމަވާ ފަރާތްތަކަށެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2022 ޖަނަވަރީ 26 ވަނަ ދުވަހުން ފެށިގެން ޖަނަވަރީ 31 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ގޫގުލް ފޯމް https://forms.gle/q75aiksDrBDXv8Us7 އިންނެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000.00 (ފަސް ހާސް ރުފިޔާ) ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.
- މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2022 ޖަނަވަރީ 25 ވަނަ ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މި ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީބިޑް މީޓިންގ 2022 ޖަނަވަރީ 31 ވަނަ ދުވަހުގެ 11:00 ގައި އޮންނާނެއެވެ.
- މި ބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ 2022 ފެބުރުވަރީ 2 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2022 ފެބުރުވަރީ 10ވަނަ ދުވަހު 11:00 ގައި މި ކައުންސިލްގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ
- އީމެއިލް އެޑްރެސް:[email protected]
- ފޯން ނަންބަރު: 6500120، 6500121
25 ޖަނަވަރީ 2022
ހޯދާ