ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ކައުންސިލުން ކަނޑައަޅައި މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހައި، ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތައް 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުން ފެށިގެން 02 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މިއިދާރާގެ ނަންބަރު 6520041 ފޯނާ ގުޅުއްވައި ނުވަތަ ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://forms.gle/aan9c7fpLnNsBbtE9   މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 03 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަނެއް ނެއްލައިދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން، 13 ފެބްރުއަރީ 2022 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި މި ނެއްލައިދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.

މި އިޢުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 ފެބްރުއަރީ 2022 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

          މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

25 ޖަނަވަރީ 2022
ހޯދާ