ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް 01 ކޮޓަރީގެ 02 އެޕާރޓްމަންޓް 01 އަހަރުދުވަހަށް ކުއްޔަށްދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާންގެ މުއްދަތު އިތުރުކުރުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނަންބަރު (IUL)170-PR/170/2022/16(16 ޖަނަވަރީ 2022) އިޢުލާންއާއި ގުޅިގެން ދަންނަވަމެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް 01 ކޮޓަރީގެ 02 އެޕާރޓްމަންޓް 01 އަހަރުދުވަހަށް ކުއްޔަށްދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާންއާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ މުއްދަތާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ މުއްދަތު އިތުރު ކުރެވިފައިވާކަން މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި |
26 ޖަނަވަރީ 2022 ގެ 10:00އަށް |
ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި |
26 ޖަނަވަރީ 2022 ގެ 10:00އަށް |
އަންދާސީ ހިސާބު ހުށަހެޅުން |
26 ޖަނަވރީ 2022 ގެ 11:00އަށް |
ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފައިވާ ފަރާތްތަކުން 26 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.