ދިވެހިރާއްޖެ
މި ސްކޫލުގެ ހޯލުގައިދޮރުފޮތި ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 24 ޖެނުއަރީ 2022 އިން 31 ޖެނުއަރީ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި، ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ބީލަމަށް އަގު ހުށަހެޅުމަށް، މި ސްކޫލުން ދޫކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު،09 ފެބްރުއަރީ 2022 (ބުދަ) ދުވަހުގެ މެންދުރުކުރި 10.00 އަށް، މި ސްކޫލަށް ޙާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.
އީމެއިލް [email protected] މެދުވެރިކޮށް އެދިލެއްވުމުން މަޢުލޫމާތު ފޯމު ފޮނުވައިދިނުމުގެ އިންތިޒާމު ހަމަޖެހިފައި ވާނެއެވެ.
