ދިވެހިރާއްޖެ
ނަންބަރ: 314-SS/CIR/2022/2
ކޮވިޑް ހާލަތާއިގުޅިގެން ކުލީ ބިން ތަކަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުޞޫލު
ތަޢާރަފް:
މިއުޞޫލަކީ މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫއިން ތަފާތުއެކިއެކި ކަންކަމަށް ދޫކުރާ ކުލީބިންތަކަށް ކޮވިޑް ހާލަތާއި ގުޅިގެން ފައިސާ ނުދެއްކިވާ ފަރާތްތަކަށް ލުއި ދިނުމުގެ ގޮތުން ފާސްކުރާ އުޞޫލެކެވެ. މިއުޞޫލަށް ކިޔާނީ "މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫއިން ކޮވިޑް ހާލަތާއިގުޅިގެން ކުލީ ބިންތަކަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ އުޞޫލު" މިހެންވެ. މިޢުޞޫލު ފާސްކުރެވިފައި މިވަނީ މިކައުންސިލްގެ 04 ވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން 19 ޖަނަވަރީ 2022 ވަނަ ދުވަހުއެވެ.
1. ފައިސާ ދެއްކުމުގައި ލުއިދޭ ކުލީ ބިންތައް
ހ. 01 އަހަރަށްވުރެ ގިނަ މުއްދަތަށް ދޫކުރެވޭ ބިންތައް
2. ފައިސާ ދެއްކުމުގައި ލުއި ނުދެވޭނެ ކުލީ ބިންތައް
ހ. 01 އަހަރު ދުވަހަށްވުރެ ކުރު މުއްދަތުތަކަށް ދޫކުރެވިފައިވާ ބިންތައް
3. ފައިސާ ދެއްކުމުގައި އެކި މަސްމަހަށް ބަހާލެވޭނެ ގޮތުގެ ތަފްޟީލް:
| 
 ދައްކަންވާ ފައިސާ  | 
 ފައިސާ ދައްކަންޖެހޭ މުއްދަތު  | 
| 
 5000.00 ރުފިޔާއާއި 10000.00 ރުފިޔާއާއި ދޭތެރޭ ދައްކަންޖެހޭ ފަރާތްތަކަށް  | 
 މީލާދީ 02 މަހަށް ބަހާލައިގެން  | 
| 
 10000.00 ރުފިޔާއާއި 15000.00 ރުފިޔާއާއި ދޭތެރޭ ދައްކަންޖެހޭ ފަރާތްތަކަށް  | 
 މީލާދީ 03 މަހަށް ބަހާލައިގެން  | 
| 
 15000.00 ރުފިޔާއާއި 20000.00 ރުފިޔާއާއި ދޭތެރޭ ދައްކަންޖެހޭ ފަރާތްތަކަށް  | 
 މީލާދީ 04 މަހަށް ބަހާލައިގެން  | 
| 
 20000.00 ރުފިޔާއާއި 25000.00 ރުފިޔާއާއި ދޭތެރޭ ދައްކަންޖެހޭ ފަރާތްތަކަށް  | 
 މީލާދީ 05 މަހަށް ބަހާލައިގެން  | 
| 
 25000.00 ރުފިޔާއާއި 30000.00 ރުފިޔާއާއި ދޭތެރޭ ދައްކަންޖެހޭ ފަރާތްތަކަށް  | 
 މީލާދީ 06 މަހަށް ބަހާލައިގެން  | 
| 
 30000.00 ރުފިޔާއާއި 35000.00 ރުފިޔާއާއި ދޭތެރޭ ދައްކަންޖެހޭ ފަރާތްތަކަށް  | 
 މީލާދީ 08 މަހަށް ބަހާލައިގެން  | 
| 
 35000.00 ރުފިޔާއާއި 40000.00 ރުފިޔާއާއި ދޭތެރޭ ދައްކަންޖެހޭ ފަރާތްތަކަށް  | 
 މީލާދީ 10 މަހަށް ބަހާލައިގެން  | 
| 
 400000.00 ރުފިޔާއަށްވުރެ ގިނައިން ދައްކަންޖެހޭ ފަރާތްތަކަށް  | 
 މީލާދީ 12 މަހަށް ބަހާލައިގެން  | 
ހ. މި އުޞޫލުގެ ދަށުން ލުއިދެވޭނީ 2021 ގެ ނިޔަލަށް ފައިސާ ދައްކަން ދަތިވެފައިވާ ފަރާތަކަށް އެކަންޏެވެ.
ށ. ފައިސާ އެކި މަސްމަހަށް ބަހައިލައިގެން ކުލިދައްކާ އިރު ހިނގަމުންދާ މަސް ފައިސާ ޤަވަޢިދުން ދައްކަންވާނެއެވެ.
04. އުޞޫލަށް އަމަލުކުރުން:
ހ. މިއުޞޫލަށް އަމަލުކުރަން ފަށާނީ މިއުޞޫލުން ކަމަދޫ ކައުންސިލުން ފާސްކޮށް ޢާއްމު ކުރުމުން ނުވަތަ ދިވެހި ރާއްޖޭގެ ގެޒެޓްގައި ޝާއިޢު ކުރުމުންނެވެ.
