މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކުރުމުއްދަތުގެ ދަނޑުބިން ދޫކުރުން
                                އިޢުލާން
މިކައުންސިލުން ކަނޑައަޅާފައިވާ، ކުރުމުއްދަތުގައި ދަނޑުވެރިކަން ކުރުމުގެ ޤަވާޢިދާ އެއްގޮތަށް، މިރަށުގައި ޖަލުއެޅުމަށް ކުރިންފާހަގަ ކޮށްފައިވާ ސަރަހައްދުން، ދަނޑުވެރިކަން ކުރުމަށް ބިންބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިފުރުޞަތު ހުޅުވާލެވިފައި މިވަނީ، މިރަށުގެ އެހެން ސަރަހައްދެއްގައި ދަނޑެއްނެތް ފަރާތްތަކަށާއި އަދި މިހާރު ދަނޑުވެރިކަން ނުކުރާ ފަރާތްތަކަށެވެ.
ވީމާ ޖަލުސަރަހައްދުން، ކުރުމުއްދަތުގައި ދަނޑުވެރިކަންކުރުމަށް އެދިލައްވާ ފަރާތްތަކުން، އެކަމަށް އެދޭފޯމު ފުރުއްވުމަށްފަހު، 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމު ދޫކުރަމުންގެންދާނީ ރަސްމީ ގަޑީގައި މިއިދާރާއިންނެވެ.
             23 ޖަނަވަރީ 2022
            
        
                    ހޯދާ  
                
                