ދިވެހިރާއްޖެ
މިރަށުގައި މިހާރު ބޭނުންކުރަމުންދާ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން ބާޠިލްކޮށް ((IUL)304-EDS/304/2022/15 އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2022 އިން ފެށިގެން 27 ޖަނަވަރީ 2022 ގެ ނިޔަލަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ. ވީމާ ، ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] މެއިލް އަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި ބިޑަށް ރަޖިސްޓްރީވުމުން ރަޖިސްޓްރީ ކުރެވުނުކަން ހުށަހަޅާފައިވާ މެއިލް އަށް އެންގޭނެވާހަކަ ދެންނެވީމެވެ.
- ކުންފުނީގެ ނަން.
- ކުންފުނީގެ މެއިލް.
- ގުޅޭނެ މޮބަލް ނަންބަރ.
|
ތާރީޚް |
ދުވަސް |
ގަޑި |
އަންދާސީ ހިސާބު ހުށައެޅުން |
30 ޖަނަވަރީ 2022 |
އާދީއްތަ |
13:00 |
މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެވޭނީ ހަމައެކަނި ބިޑުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު |
|
އަގު |
70% |
މުއްދަތު |
20% |
ތަޖުރިބާ |
10% |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
20 ޖުމާދަލްއާޚިރާ 1443
23 ޖަނަވަރީ 2022