ޑްރަގް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

`

 

ޑްރަގް ކޯޓު

މާލެ، ދިވެހިރާއްޖެ

 

 

މި ކޯޓުގެ ނަންބަރު IUL)435-A1/2021/15) އިޢުލާން ބާތިލްކޮށް އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)435-A1/2022/02)

 

ތާރީޚް: 23 ޖަނަވަރީ 2022

 


މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ޢަދަދު

1

ރޭންކް: ޖީ.އެސް.3

 

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު / ކ.މާލެ

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

 

ސެކްޝަން

ސެކްޝަން/ޔުނިޓް: ޝަރުޢީ ސެކްޝަން

 

އަސާސީ މުސާރަ:

-/4,465 ރުފިޔާ

 

އެލަވަންސް:

- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން،

   ނުވަތަ،

- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

 

- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑްރަގް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1- ޝަރީޢަތް ހިންގުމަށާއި ސެކްޝަންގެ އެހެން ބޭނުންތަކަށް ޙާޟިރު ކުރަންޖެހޭ އެންމެހާ ފަރާތްތައް ޙާޟިރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

2- ސެކްޝަނުން ނެރެންޖެހޭ އެންމެހާ އަމުރުތައް ތައްޔާރުކޮށް ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުވުން.

3- ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

4- ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވައި އިނގިލީގެ ނިޝާން ޖެއްސުވުން.

5-  ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ޓައިޕުކޮށް ތައްޔާރުކުރުން.

6-  ސެކްޝަނުން ބާއްވަން ކަނޑައަޅާ މައްސަލަތަކާބެހޭ މަޢުލޫމާތު، ހަފުތާ ޝީޓަށް ނަގައި، އެ މަޢުލޫމާތު ޢާއްމުކުރުމަށްޓަކައި ކަމާބެހޭ ސެކްޝަނަށް ދިނުން.

7-  ރީހެބިލިޓޭޝަން އަމުރެއްގެ ދަށުން ފަރުވާ ހޯދާފަރާތްތަކާ ގުޅިގެން ސެކްޝަނުންކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.

8-  ކޯޓުގެ ތަފާސްހިސާބާއި އެހެނިހެން ރިޕޯޓުތަކަށް ސެކްޝަނުން ފޮނުވަންޖެހޭ މަޢުލޫމާތު ތައްޔާރުކޮށް ކޯޓުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

9- ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާ ގުޅިގެން ސެކްޝަނަށް ލިބޭ ލިޔެކިޔުންތައް ޤާޟީގެ އިރުޝާދުގެ ދަށުން ފައިލުކޮށް ބެލެހެއްޓުން.

10- ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ/ނޯޓް ފަދަ ތަކެތި ސުޕަވައިޒަރުގެ ލަފަޔާއެކު ލިޔެ ތައްޔާރުކުރުން.

11- މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ އިތުރުން، ދިމާވާ ޟަރޫރީ ޙާލަތްތަކުގައި، ސުޕަވައިޒަރު ޙަވާލު ކުރާ މަސައްކަތްތައް ކުރުން.

 

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ / އޮފީސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލަޖީ  

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ޝަރީޢާ، ޤާނޫނު ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.

5- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާނސްކްރިޕްޓްގެ ކޮޕީ.

6- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.

7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

8- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

9- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

 

ސުންގަޑި

- 1 ފެބްރުއަރީ 2022 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 

 

-  މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ.

-  މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3018556

-  އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު.

-  އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް:  [email protected]

-  ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ލުރެވޭނެ ވާހަކަ ދެންނެވީމެވެ.

-  އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލއިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް  (PDF)ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް އަންނައިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއަށް ބެލުމަށްފަހުގައެވެ. މިގޮތުން މިބައިތަކަށް މާރކްސް ކަނޑައެޅިފައިވަނީ:

  • ލިބިފައިވާ ތަޢުލީމް: 30%
  • މަސައްކަތު ތަޖުރިބާ: 10%
  • މަސައްކަތަށް ބޭނުންވާ ހުނަރަށް: 10%
  • އިންޓަރވިއު: 50%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

-  ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.

-  ޤާނޫނުތަކާއި، ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން.

-  ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އެޅެވޭނެ މީހެއް ކަމުގައިވުން.

-  މައިކްރޯސޮފްޓް ޕެކޭޖަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

 

 

 

23 ޖަނަވަރީ 2022
ހޯދާ