ދިވެހިރާއްޖެ
ދަނޑުވެރިޔާއަށާއި މަސްވެރިޔާ މަސައްކަތުގައި އުޅުމުގެ ތެރޭގައި ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އެލިބުނު ގެއްލުމަކަށް އެހީވެމުގެ ގޮތުން އެލައިޑާ ގުޅިގެން އިންޝުއަރަންސް ސްކީމެއް ޤާއިމްކޮށް، މިއަދު މި އިންޝުއަރަންސް ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މަސްވެރިންނަށާއި ދަނޑުވެރިންނަށް ހުޅުވާލަމެވެ.
މި އިންޝުއަރަންސް ސްކީމުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި ބައިވެރިވުމުގެ އުސޫލު މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން ލިބެން ހުންނާނެއެވެ. މިއިންޝުއަރެންސްގައި ބައިވެރިވުމަށް އެދި ހުށަހަޅާފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި އެލައިޑް އިންޝުއަރަންސުން ބަލައިގަންނާނެއެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3322625 އަދި 3339261 އަށް ގުޅުއްވުން އެދެމެވެ.