ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ގައްދޫ ލޭންޑް ޔޫސް ޕްލޭން ހެދުން)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކުރިއަށް އޮތް 5 އަހަރަށް ގދ. ގައްދޫގެ ލޭންޑް ޔޫސް ޕްލޭން ހަދައިދިނުމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 26 ޖެނުއަރީ 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން، މިކައުންސިލްގައި ރަޖިސްޓްރީ ކުރައްވަން ވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމަށް މިއިދާރާގެ އީމެއިލް އަށް ނުވަތަ އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓަށް (7929395) އަށް ގުޅުއްވާ މަޢުލޫމާތު ޙިއްސާކުރެއްވުން އެދެމެވެ.

މި ބީލަމާއި ބެހޭގޮތުން މަޢުލޫމާތު ބައްދަލުވުމެއް ނުބޭއްވޭނެއެވެ. ބީލަންވެރިންނަށް ބީލަމާއިބެހޭ މަޢުލޫމާތު ދިނުމާއި، ސުވާލުތަކަށް ޖަވާބުދިނުން ހިނގާނީ ފޯނުން އަދި އީމެއިލްގެ ޒަރިއްޔާއިންނެވެ. ބީލަމާއި ބެހޭ މަޢުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 30 ޖެނުއަރީ 2022 އެވެ. ބީލަންވެރިންގެ ސުވާލުތައް ފޮނުއްވާނީ:

ބީލަން ހުޅުވުން އޮންނާނީ  10 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚް އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަން ވާނެއެވެ.

20 ޖެނުއަރީ 2022

20 ޖަނަވަރީ 2022
ހޯދާ