އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދޮރުފޮތި ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގެ ބައެއް ކުޑަދޮރުތަކުގައި ދޮރުފޮތި ހަރުކުރަންބޭނުންވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 25 ނޮވެންބަރު 2021 ގައި ކުރެވުނު ނަންބަރު(IUL)7-ADMN/1/2021/88   އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ތިރީގައިވާ މި އޮފީހުގެ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. ދޮރުފޮތި ހަރުކުރާ ކުޑަދޮރުތައް ބަލަން ބޭނުންފުޅުވާ ފަރާތްތައް، 27 ޖަނަވަރީ 2022 ވާ ބުރާސްފަދި ދުވަހާ ޖެހެންދެން ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 9:00 އިން 14:00ށް މި އޮފީހުގެ ފޯން ނަންބަރު 3323939 އަށް ގުޅުއްވުމުން ކުޑަދޮރުތައް ބެލުމުގެ އިންތިޒާމް ހަމަޖައްސާދެވޭނެއެވެ.

https://bit.ly/306y0jP

ބީލަން ހުށަހެޅުން އޮންނާނީ30 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި އޮފީހުގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

20 ޖަނަވަރީ 2022
ހޯދާ