ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ސޮފްޓުވެއަރ ޑެވެލޮޕަރއެއް ހޯދުމާގުޅޭ

 

މި ޔުނިވަރސިޓީގެ ނަންބަރ IUL)170-HR/170/2022/10) (10 ޖަނަވަރީ 2022) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައި ނުވާތީ މި އިޢުލާން ބާޠިލްކޮށް މި މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ސޮފްޓުވެއަރ ޑެވެލޮޕަރއެއް ހޯދުމާގުޅޭ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ  މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި ސޮފްޓުވެއަރ ޑިވެލޮޕަރ އެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން މި މަސައްކަތް ކުރުމަށްޓަކައި ކަމާގުޅޭ ދާއިރާއިން ތަޢުލީމު ޙާސިލުކުރައްވާ އަދި ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮފްޓުވެއަރ ޑިވެލޮޕަރއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިމަޤާމުގެ މަސްޢޫލިއްޔަތުތަކާއި ޝަރުތުތައް ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރް) މި އިއުލާނުގައި އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، މި ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ ium.to/post

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެވޭނެއެެވެ.

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ހިއުމަން ރިސޯސް ސެކްޝަން  /  ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ވައިލެޓު މަގު، މާލެ، ދިވެހިރާއްޖެ

ފޯން:3022100

އީ-މެއިލް: [email protected]     

20 ޖަނަވަރީ 2022
ހޯދާ