ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫގައި މިވަގުތު ބޭނުންކުރަމުން އަންނަ "ވޭސްޓް މެނޭޖްމެންޓް ސެންޓަރ" އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން 21 ނޮވެމްބަރ 2021 ވަނަ ދުވަހު ކުރެވުނު އިއުލާނު ނަންބަރ: (IUL)286-PRJ/286/2021/84 } އެކަށީގެން ވާވަރަށް ތަރުހީބު ނުލިބުމުގެ ސަބަބުން ބަތިލްކޮށް އަލުން އިޢުލާނުކުރަމެވެ. ވީމާ މި ކައުންސިލްއިން ދޭ ކުރެހުމާއި އެއްގޮތައް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް އެދޭފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށައެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިއިދާރާގައި ކުރިއަށް ދާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.
ތަފްޞީލް |
ތާރީޚާއި ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
25 ޖަނަވަރީ 2022، 13:00 |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން |
31 ޖަނަވަރީ 2022، 13:00 |
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 23 ޖަނަވަރީ 2022 ވާ (އާދިއްތަ) ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮޕޯސަލް
- މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު.
- މަސައްކަތް ފުރިހަމަ ކޮށްދިނުމަށް ހޭދަވާނެ މުއްދަތު.
- ބިޑް ހުށަހަޅަނީ ކުންފުންޏަކުން ނުވަތަ އިންވެސްޓްްމަންޓަކުން ނަމަ އެފަރާތުގެ ޕްރޮފައިލް.
- މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހިންގާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު.
- މަސައްކަތުގައި ބައިވެރިވާ ބޭފުޅުންގެ ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ވަނަވަރު.
- ފުރިހަމަ ކުރެވިފައިވާ ބީލަން ފޯމް.
އިތުރު މަޢުލޫމާތު:
- ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ މައުލޫމާތު އަދި "ނ. ކެނދިކުޅުދޫ ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓް" މިހެން ލިޔެ އިޢުލާނު އިޢުލާން ނަންބަރު ލިޔަންވާނެއެވެ.
- އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ ބިޑްތަކުގެ އަގާއި މުއްދަތު އެކަށީގެންނުވާނަމަ މި އިޢުލާނު ބާތިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.
ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:
- އަގަށް %70 (ހަތްދިހަ އިންސައްތަ)
- މަސައްކަތުގެ މުއްދަތަށް %20 (ވިހި އިންސައްތަ)
- މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް (ދިހަ އިންސައްތަ)
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
20 ޖަނަވަރީ 2022