ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ފްލޯރ މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

 ފްލޯރ މެނޭޖަރ   

ބޭނުންވާ އަދަދު

 1 (އެކެއް)

މަޤާމް ގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރ

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

މަހަކު -/900 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

އިތުރު އިނާޔަތްތައް

1.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.   ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގެ ހުރިހާ ކަންތައްތައް ހިނގަމުންދަނީ ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށްކަން ޔަގީން ކުރުމުގެގޮތުން:

ހ. ވޯޑް ތަކަށް ހަމަޖެހިފައިވާ މެޑިކަލް ސްޓާފުންނާއި ސަޕޯޓް ސްޓާފުންނާއި ބާއްވަން ޖެހޭ ގުޅުން ރަނގަޅަށް ބޭއްވުން

ށ. ސަޕޯޓް ސްޓަފުންނާއި ގުޅިގެން ކުނި މެނޭޖްކުރުމުގެ ކަންތައް ކުރިއަށް ގެންދެވެނީ ހަމަޖެހިފައިވާ އުސޫލްއާއި އެއްގޮތައްތޯ ޔަގީން ކުރުން

ނ. ލޯންޑްރީ މުވައްޒަފުންނާއި ގުޅިގެން، ވޯޑް ތަކަށް ބޭނުންވާ ލިނެން އާއި ޕޭޝަންޓް ގައުންއާއި އެހެނިހެން ތަކެތި ހުސްނުވާނެ ގޮތެއްގެ މަތިން ހަމަކޮށް ބެލެހެއްޓުން

ރ. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކޮށްފައިވާ ބަލިމީހުންގެ ތެރެއިން ޚާއްޞަ ކާބޯތަކެތި ބޭނުންވާ ބަލިމީހުންގެ މަޢުލޫމާތު ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާނެ ކާބޯތަކެތި ގަޑިން ގަޑިއަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން

ބ. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގައި ބަލިމީހުންނަށް ބޭނުންވާނެ ރައްކާތެރި ސާފު ބޯފެން، ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުން.

ޅ. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ދުވަހުން ދުވަހަށް ޗެކްކޮށް، އެއްވެސް މަރާމާތެއް ކުރަންޖެހޭނަމަ އެކަމެއް މެއިންޓެނަންސް ޓީމާއި ހަވާލުކޮށްގެން ކުރުވުން.

ކ. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގެ ސާފުތާހިރުކަން ޗެކްކޮށް، ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ބަލި މީހުން ތިބޭ އޭރިއާ އާއި ފާޚާނާތައް ސާފުކުރުވާ، ޑިސްއިންފެކްޓް ކުރުވުން.

  1. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގެ އެޑްމިޓްކޮށްފައިވާ ބަލިމީހުންނަށް ޢާއިލާގެ ފަރާތުން ގެންނަ ކާތަކެއްޗާއި ކެއަރ ޕެކޭޖްތަކާއި ޙަވާލުވެ، އެތަކެތި ގަޑިން ގަޑިއަށް ބަލިމީހުންނާއި ހަމައަށް ފޯރުކޮށްދީ އެކަން ޔަގީންކުރުން.
  2. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގެ ބޭނުންކުރާ އޮކްސިޖަންފުޅި ހުސްވުމުން، ފުޅި ބަދަލުކުރުވާ، އޮކްސިޖަން ފޯރުކޮށްދޭންޖެހޭ ބަލިމީހުންނަށް ހުސްނުވެ، އޮކްސިޖަން ފޯރުކޮށްދެވޭކަން ޔަގީން ކުރުން
  3. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގެ އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންގެ މަޢުލޫމާތު ހޯދުމަށް ޢާއިލާގެ ފަރާތުން ކުރާ ފޯނު ކޯލްތަކަށް ޖަވާބުދާރީވެ، ބަލިމީހާއާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެވުނުކަން ޔަގީންކުރުން.
  4. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގެ ދުވަހުން ދުވަހަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ދިނުމަށް ބޭނުންވާނެ ތަކެއްޗާއި އިންސާނީ ވަޞީލަތް ހަމަކޮށް، ޚިދުމަތްތައް ނުހުއްޓި  ރަނގަޅަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.
  5. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގައި ދިމާވާ އިމަރޖެންސީ ކަންކަމާއި ގުޅިގެން މަޢުލޫމާތު ޙިއްސާކުރަންޖެހޭ ފަރާތްތަކާއި މަޢުލޫމާތު ޙިއްޞާކުރުން.
  6. ބަލީމީހާއާއި ގުޅިގެން ކުރެވޭ ހުރިހާ މުއާމަލާތްތަކެއްގެ ރެކޯޑް ހަމަޖެހިފައިވާ އުސޫލްގެ މަތިން ބެލެހެއްޓުން
  7. ބަލީމީހާ ފެސިލިޓީއަށް ގެނައުމުގެ ކުރިން ބޭނުންވާ އެނދާއި އެހެނިހެން ވަސީލަތްތައް ހަމައަށް ހުރިކަން އެޗް.ޕީ.އޭ ގެ ފޯކަލް ޕޮއިންޓަށް އެންގުން
  8. ލެބޯޓްރީ ސާމްޕަލް މާލެއަށް ފޮނުވަން ޖެހޭ ހާލަތްތަކުގައި ސާޕްމަލް މާލެ ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން
  9. އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގެ ޖެނެރަލް ސްޓޮކް މެއިންޓެއިންކޮށް ބެލެހެއްޓުމާއި، ވޯޑް ތަކަށް ބޭނުންވާ ތަކެތި ހުސްނުވާނެ ގޮތެއްގެ މަތިން އޯޑަރކޮށް ބެލެހެއްޓުން
  10. ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ފެސިލިޓީގެ ސެކިއުރިޓީ ކަންތައްތައް ކުރިއަށްދާ ގޮތް ބެލެހެއްޓުން
  11. މީގެ އިތުރުންވެސް އިންފެކްޝަސް ޑިޒީސް މެނޭޖްމަންޓް ސެންޓަރުގައި ދިމާވާ ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް އޮންނަ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން ކުރުން.  

މަޤާމުގެ ޝަރުތު

  1.  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުން  

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ހުޅުމާލެ ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީހުން ލިބެންހުންނާނެއެވެ https://www.hmh.gov.mv/downloads/job_application.pdf))
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  7. (ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  9. (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  10. (ށ)އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  11. (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  12. ވަޒީފާ އަދާކުރަމުންދާ ފަރާތެއްނަމަ މިމަޤާމަށް ހޮވިއްޖެނަމަ މިހާރު އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  13. ޕޮލިސް ރިޕޯޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖަނަވަރީ 30 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށެވެ. މެއިލްކުރައްވާނީ  [email protected]  އަށެވެ

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350134 ނުވަތަ 3350118 ނަންބަރު ފޯނަށް    ރަސްމީ މަސައްކަތު ދުވަސްތަކުގައި ރަސްމީ ގަޑީގައެވެ.    

 

20 ޖަނަވަރީ 2022
ހޯދާ