ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2022/4(IUL)
އިޢުލާން
ރެހެންދި އެވޯޑް 2022
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހާއި، ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުންކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި، މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު، އަދި މުޖުތަމަޢުގައި އަންހެނުންގެ ކުރިއެރުމަށް ވަކިފަރުދުންނާއި، މުއައްސަސާތަކާއި، ޖަމްޢިއްޔާ، ޖަމާޢަތްތަކުން ކުރައްވަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކުދޭ "ރެހެންދި އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެނިހެން ފަރާތްތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓްކުރުމުގެ) ފުރުޞަތު އަދި މުއައްސަސާ އޮފީސް ކުންފުނިތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އަދި ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު 2022 ފެބްރުވަރީ 10 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
ރެހެންދި އެވޯޑް 2022 ގެ އުޞޫލާއި ، ނަން ހުށަހަޅާ ފޯމްތައް މިއިދާރާއިން ލިބެން ހުންނާނެއެވެ.