ދިވެހިރާއްޖެ
ދ.މީދޫ އިޖުތިމާއީ ސަރަހައްދު ތަކުގައި ކައުންސިލްގެ ހުއްދަ އަކާ ނުލާ އިންދާ ހައްދަމުންދާ ރުއްގަސްތަކާ ގުޅޭ.
ރަށުގެ އިޖުތިމާއީ ސަރަހައްދު ތަކުގައި ކައުންސިލްގެ ހުއްދަ ނެގުމަކާ ނުލާ އަދި ކައުންސިލުން ހުއްދަ ދީފައި ނުވާ މިންވަރަށް އިންދާ ހައްދަމުންގެންދާ ރުއްގަސްތަ ނަގާ އަލުން އިންދަން ކައުންސިލަށް ފެންނަ ރުއްގަސް ކައުންސިލް ނިންމާ ތަނެއްގައި އިންދުމަށް (ރީ ލޮކޭޓް) ކުރުމަށް ކައުންސިލްގެ ލަފާދޭ ކޮމެޓީގެ މަޝްވަރާއެކު ކައުންސިލްގެ 4 ވަނަ ދައުރުގެ 25 ވަނަ އާއްމު ޖަލްސާއިން ވަނީ ފާސް ކޮއްފައެވެ. މިނިންމުން ތަންފީޒުކުރުމަށް ނިންމާފައިވަނީ އާއްމު ރައްޔެތުން އިޖުތިމާއީ ސަރަހައްދު ތަކުގައި ކައުންސިލްގެ ހުއްދަ އަކާ ނުލާ އިންދާ ހައްދަމުން ގެންދާ ރުއްގަސްތައް ނެގުމަށް 15 ދުވަހުގެ މުއަދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި ނުނަގައި ހުންނަ ރުއްގަސްތަކާމެދު މަތީގައި ދެންނެވުނު ފަދައިން އަމަލު ކުރުމަށެވެ.ވީމާ މި ދެންނެވި 15 ދުވަސް ހަމަވުމަށްފަހު ރަށުގެ އެއްވެސް ސަރަހައްދެއްގައި އާއްމު ފަރުދެއްގެ ރުއްގަހެއް ނުހުންނާނެއެވެ.ނަމަވެސް ކައުންސިލުން 2017 ގައި ކޮންމެ ގޭ ރަޖިސްޓްރީއަކަށް ދޫކުރެވިފައިވާ ދެ ރުކާއި ކުރީގެ ގޮއި ބިންތަކުގައި 2000 ވަނަ އަހަރުގެ ކުރިން ހައްދާފައިވާ ރުއްގަސް ނުހިމެނޭނެއެވެ. ( ރަޖިސްޓްރީއަކަށް ދޫކުރެވިފައިވަނީ 2 (ދޭތް) ރުއް އިންދާ ހައްދަން ދެ ވަޅުކަމަށާއި ވަޅެއްގައި އިންނަންވާނީ 1 (އެކެއް) ރުއްކަމުގައިވެސް ދަންނަވަމެވެ. މަތީގައި ދެންނެވިފައިވާ 15 ދުވަސް ހަމަވުމުގެ ކުރިން މިދެންނެވި އުސޫލާ ހިލާފަށް ރުއް އިންދާފައިވާ ފަރާތްތަކުން އެބޭފުޅަކު ހިޔާރުކުރައްވާ ރުކެއް ބެއިންދެވުމަށްފަހު ބާކީ ހުރި ރުއްތައް ނަގަން ވާނެއެވެ.) ވީމާ 15 ދުވަސް ހަމަވުމުން އިޖްތިމާއީ ސަރަހައްދުތަކުގައި ނުނަންގަވާ ހުންނަ ރުއްގަސް ތަކާމެދު ކައުންސިލްގެ ނިންމެވުމުގައިވާ ގޮތަށް އަމަލުކުރުމުގެ ފުރިހަމަ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
އެހެން ކަމުން 16 ޖެނުއަރީ 2022 އިން ފެށިގެން ، ރަށުގެ އިޖުތިމާއީ ސަރަހައްދުތަކުގައި ކައުންސިލްގެ ހުއްދައަކާ ނުލާ އިންދާ ހައްދަމުންދާ ރުއްގަސްތައް ނެގުމަށް 15 ދުވަހުގެ މުއްދަތެއް ރުއްގަސްތައް ހައްދާފައިވާ ފަރާތްތަކަށް އަރުވަމެވެ. މި މުއްދަތައްފަހު މަތީގައިވާ ގޮތުގެ މަތިން ރުއްގަސްތައް ކައުންސިލުން ނަގަމުންދާނެ ކަމުގައި ދެންނެވީމެވެ. ވީމާ އާއްމު މަސްލަހަތު ހިފެހެއްޓުމަށާ ހަމަހަމަ ފުރުސަތުތަކެއް ހޯދާ ދިނުމަށް ކައުންސިލުން ކުރަމުން މިދާ މަސައްކަތްތަކަށް އެންމެހާ ރައްޔަތުންގެ ފުރިހަމަ އެއްބާރުލުމާ މަދަދު ކައުންސިލްއަށް އިންތިހާއަށް ބޭނުންވާކަމުގައި ދަންނަވަމެވެ.
އެހެންކަމުން މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.