މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 

ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

މިހިނގާ 1443 ވަނަ އަހަރު ވާދޫ ހުކުރުމިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް ޙާފިޡަކު ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)299/299/2022/5 (18 ޖަނަވަރީ 2022) އިޢުލާން، މާކްސް ދިނުމާއި، މީހަކު ހޮވުމުގެ ބައި އިސްލާހުކުރުމަށްޓަކައި ބާޠިލްކޮށް، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކުރަމެވެ.  

ޝަރުތު:

  • ޤުރުއާން ހިތުދަސްވެފައިވުމާއިއެކު، ޙާފިޡުކަމުގެ ސެޓްފިކެޓް އޮތުން

އެލަވަންސް ދިނުމަށް ހަމަޖެހިފައިވާގޮތް:

  • ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާ ފަރާތަކަށް 500 ޑޮލަރު ނުވަތަ އެއާއި އެއްވަރުގެ ދިވެހި ފައިސާ އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.
  • ރަށުން ބޭރުން ވަޑައިގަންނަވާ ޙާފިޡުގެ ހުރުމާއި ކެއުން  އަދި ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

މާކްސް ދިނުމާއި، މީހަކު ހޮވުން:

  • ފަޞާހާތްތެރިކަން: 60 މާކްސް
  • ތަޖުވީދުމަގުން ރީތިކޮށް ޤުރުއާން ކިޔެވުން: 30 މާކްސް
  • އަޑާއި ރާގު: 10 މާކްސް
  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް މީހަކު ހޮވޭނީ، 70 މާކުހަށްވުރެ މަތިން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާކްސް ހޯދާ ފަރާތެކެވެ.

 

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން 2022 ޖެނުއަރީ 30 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ސެޓްފިކެޓްތަކާއިއެކު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

 

17 ޖުމާދުލްއާހިރާ 1443

20 ޖަނަވަރީ 2022

20 ޖަނަވަރީ 2022
ހޯދާ