ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯޓަރ ސްޕޯރޓްސްގެ ޚިދުމަތްތައް ދިނުމަށް ފުރުސަތު ހުޅުވާލުމާއިގުޅޭ:

ވޯޓަރ ސްޕޯރޓްސްގެ ޚިދުމަތްތައް ދިނުމަށް ފުރުސަތު ހުޅުވާލުމާއިގުޅޭ

                      ހޯރަފުށީގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށިފައިވާތީއާ، ރަށުގެ މޫދަށްއެރޭ ސަރަޙައްދު ނިމެމުންދާތީއާ، ގެސްޓްހައުސްގެ ވިޔަފާރި އިތުރުވަމުންދާތީއާ، ސަވާދީއްތަ ދަތުރު 2022 ގެ އޯޕަނިންގް ސަރމަނީ ހޯރަފުށިގައި ބޭއްވުމަށް ތައްޔާރު ވަމުންދާތީ  ކުރިއަށްއޮތް ދުވަސްތަކުގައި  ވޯޓަރސްޕޯރޓްސްގެ ޚިދުމަތްތައް ރަށުން ލިބުމަކީ ނުހަނު މުހިއްމު ބޭނުންތެރި ކަމެއް ކަމުގައިވާތީ، އެޚިދުމަތް ހޯރަފުށިގައި ދިނުމަށްއެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމަށް ކައުންސިލްގެ 03/2022 ވަނަ ޢާއްމު ބައްދަލްވުމުން ވަނީ ނިންމާފައެވެ.

                     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

23 ޖަނަވަރީ 2022

އާދީއްތަ

11:00 (ހެނދުނު)

އަންދާސީ ހިސާބު ހުށަހަޅާ ފޯމް ބަލައިގަތުން

25 ޖަނަވަރީ 2022

އަންގާރަ

11:00 (ހެނދުނު)

                    މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެ ފަރާތެއްގެ މަޢުލޫމާތު ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވަންވާނެއެވެ. ހޯރަފުށީގައި ވޯޓަރ ސްޕޯޓްސްގެ ޚިދުމަތް ދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                    މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                    16 ޖުމާދަލްއާޚިރު 1443

                    19   ޖަނަވަރީ  2022

20 ޖަނަވަރީ 2022
ހޯދާ