އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ދަރިވަރުންނަށް ފޯރު ކޮށްދެއްވާނެ ފަރާތްތައް ހޯދުމާއި ގުޅޭ

 

Ref. No. GS42 / 2022 /IUL/ 03

އިޢުލާން

 

އެކްޓިވިޓީ ޔުނިފޯމް ދަރިވަރުންނަށް ފޯރު ކޮށްދެއްވާނެ ފަރާތްތައް ހޯދުމާއި ގުޅޭ

 

މިސްކޫލްގެ ދަރިވަރުންނައް އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދެއްވާނެ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އެދި ކުރިމަތި ލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

25 ޖަނަވަރީ 2022

31 ޖަނަވަރީ 2022

ގަޑި : 11:00 އަށް

ގަޑި : 11:00 އަށް

 

 

 

އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރުމަށް ފުރުސަތު ދެވޭނީ  ގިނަ ވެގެން ދެ ފަރާތަކަށެވެ. އަދި ދަންނަވަމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ނޯޓް: ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި" ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކުރުން"މިހެން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

  މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680021 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީadmin@adhatollschool.edu.mv އަށެވެ.

                               19 ޖަނަވަރީ 2022

19 ޖަނަވަރީ 2022
ހޯދާ