ދިވެހިރާއްޖެ
(IUL)272-ESMS/272/2022/6 : ނަންބަރު
އިޢުލާން
ނޫމަރާ ފުޓްސަލްދަނޑު އެޅުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިރަށު ފުޓްސަލްދަނޑު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. " ބީލަން ހުށައަޅާ ފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުސޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަމުގައި ބައިވެރިވުމަށް 500.00ރ (ފަސްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ފައިސާ ދެއްކުމާއި ބީލަންރަޖިސްޓުރީވުމަށް ބޭނުންވާ ފަރާތްތަކުން 20 ޖަނަވަރީ 2022 (ބުރާސްފަތި) ދުވަހުގެ 13:00 ން ފެށިގެން 27 ޖަނަވަރީ 2022 (ބުރާސްފަތި) ދުވަހުގެ 14:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
ލިންކް: https://docs.google.com/forms/d/e/1FAIpQLSfK2Hb1_bkqcj8WtbgrHyPyzR8D4XYzdHoTTHyAVeyEBulhDw/viewform?usp=pp_url
މަޢުލޫމާތު ސާފުކުރުން
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 31 ޖަނަވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00 ގައި، ނޫމަރާ ޕްރީސްކޫލް ހޯލުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
މިމަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 27 ޖަނަވަރީ 2022 ވާ (ބުރާށްފަތި) ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނުވަތަ 9163162 ނަމްބަރާއެވެ.
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 07 ފެބުރުވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00 ގައި ނޫމަރާ ޕްރީސްކޫލު ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިގަންނަގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ ޤާނޫނު ނަންބަރު 96/10 "ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު"، ޤާނޫނު ނަންބަރު 2007/3 "ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު"، ޤާނޫނު ނަންބަރު 2011/13 "ޕާޓްނަރޝިޕްގެ ޤާނޫނު"، ޤާނޫނު ނަންބަރު 2013/6 "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު"، ޤާނޫނު ނަމްބަރު 2014/18 "ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު" އަދި ޤާނޫނު ނަމްބަރު 2014/19 "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
17 ޖުމާދަލްއާޚިރާ 1443
20 ޖަނަވަރީ 2022