މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިރުވެލި މާލަން ދޫކުރުމުގެ އުޞޫލު (ފުރަތަމަ އިޞްލާޙް)

އިރުވެލި މާލަން ދޫކުރުމުގެ އުޞޫލު (ފުރަތަމަ އިޞްލާޙް)

 

  1. އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް ޚަރަކާތެއް އިރުވެލި މާލަމާއި މާލަމުގެ އެއްވެސް އިމާރާތެއްގައި ހިންގައިގެން ނުވާނެއެވެ.
  2. އިރުވެލި މާލަމާއި ކޮޓަރި ދޫކުރާނީ، އެމާލަމުގައި ހިންގަން ގަސްދުކުރާ ޙަރަކާތް ބޭއްވުމަށް ބޭނުންވާ ނުވަތަ ކޮޓަރި ކުއްޔަށް ހިފަން ބޭނުންވާ ތާރީޚްގެ 24 ގަޑިއިރު ކުރިން 'އިރުވެލި މާލަން/ ކޮޓަރި ހޯދުމަށް އެދޭ ފޯމު' ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ.
  3. ދަޢުލަތުގެ މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކުގެ ރަސްމީ ބޭނުންތަކަށް ފިޔަވައި އެހެނިހެން ފަރާތްތަކަށް މާލަން ދޫކުރެވޭނީ ތިރީގައިވާ ތާވަލުގައި ބަޔާންކުރާ އަގުތަކަށެވެ.

އިރުވެލި މާލަން/ ކޮޓަރި ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް

1

ޖަލްސާ / ސެމިނާ / ވާކޮޝޮޕް އަދި ޓްރެއިނިންތައް ހިންގުން (މާލަން)

-/500 ރުފިޔާ

2

ކައިވެނިޕާޓީ / އުފަންދުވަހުގެ ޕާޓީ / އެހެނިހެން ޕާޓީތައް (މާލަން)

-/1000 ރުފިޔާ

3

ފިލްމު އެޅުވުން (މާލަން)

-/1000 ރުފިޔާ

4

އެހެނިހެން ބޭނުންތަކަށް (މާލަން)

-/500 ރުފިޔާ

 

  1. ކައުންސިލްގެ ރަސްމީ ބޭނުމަކަށް ފިޔަވައި، އެނޫން ބޭނުންތަކަށް އިރުވެލި މާލަމުގެ ކޮޓަރި ދޫކުރެވޭނީ ތިރީގައިވާ ތާވަލުގައި ބަޔާންކުރާ އަގަށެވެ.

އިރުވެލި މާލަން/ ކޮޓަރި ދޫކުރުމަށް ހަމަޖެހިފައިވާ އަގުތައް

1

އިރުވެލި މާލަމުގެ ކޮޓަރި (ދުވާލަކަށް)

-/350 ރުފިޔާ

 

  1. އިރުވެލި މާލަން/ ކޮޓަރި ހޯދުމަށް އެދޭ ފޯމާއެކު ފައިސާ ދައްކަންވާނެއެވެ.
  2. އިރުވެލި މާލަމުގައި ހިންގާ ހުރިހާ ޙަރަކާތެއް ހިންގަންވާނީ ޢާއްމުއިޖްތިމާޢީ މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
  3. އިރުވެލި މާލަމުގައި ހިންގާ ހުރިހާ ޙަރަކާތްތަކެއްގައިވެސް، އަދި ކޮޓަރި ބޭނުންކުރުމުގައިވެސް، ތަނުގެ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
  4. މާލަން/ ކޮޓަރި ބޭނުންކުރުމުގެ ތެރޭގައި ތަނަށް ނުވަތަ އެއްޗަކަށް ލިބޭގެއްލުމަށް މާލަން/ ކޮޓަރި ބޭނުންކުރުމަށް ނަގާފައިވާ ފަރާތުން ޒިންމާ ވާންވާނެއެވެ. އަދި ހަލާކުވެ ނުވަތަ ގެއްލުން ލިބިފައިވާ އެއްޗެއްގެ ބަދަލު ދޭންވާނެއެވެ.
  5. އިރުވެލި މާލަން ބޭނުންކުރުމުގައި ތަނުގައި އުފެދޭކުނި، ކައުންސިލްގެ ކުނިއުކާލުމާއި ކުނިނައްތާލުމުގެ އުޞޫލާއި އެއްގޮތަށް، މާލަން ބޭނުންކުރާ ފަރާތުން ނައްތާލަންވާނެއެވެ. ކޮޓަރި ބޭނުންކުރުމުގައި އުފެދޭ ކުނި، ތަނުގައި ބެހެއްޓިފައިވާ ޑަސްބިނަށް އަޅަންވާނެއެވެ.
23 ޑިސެންބަރު 2021
ހޯދާ