މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕޯ 2020 ދުބާއީ ގައި ދިވެހި ރާއްޖޭގެ ފެޝަން ޑިޒައިނަރުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލުން                    

                                               އިޢުލާން

އެކްސްޕޯ 2020 ދުބާއީ ގައި ދިވެހި ރާއްޖޭގެ ފެޝަން ޑިޒައިނަރުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލުން


                  

        ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ، ވޯލްޑް އެކްސްޕޯ ޔުނައިޓަޑް އަރެބް އެމިރޭޓްސްގެ ދުބާއީ ގައި 01 އޮކްޓޯބަރ 2021 އިން ފެށިގެން ކުރިއަށްދާއިރު މިއެކްސްޕޯ އަކީ، ރާއްޖޭގެ ޓޫރިޒަމާއި ސަޤާފަތާއި ދިވެހި ތާރީޚާއި ދިވެހި އުފެއްދުންތައް، އަދި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު، މުޅި ދުނިޔެއަށް ދައްކާލަން ލިބިފައިވާ ރަނގަޅު ފުރުސަތަކެވެ.  ވީމާ އެކްސްޕޯ 2020 ގައި ރާއްޖޭގެ ފެޝަން ޑިޒައިންނަރުންގެ އުފެއްދުންތައް ހުށައެޅުމުގެ ފުރުސަތު ފެބްރުއަރީ އަދި  މާރޗް 2022 ގައި ހުޅުވާލަމެވެ.                                                 

       މި ފުރުސަތަށް ޝައުޤުވެރިކަން ފާޅުކުރައްވާ ދިވެހި ފެޝަން ޑިޒައިނަރުންގެ ތެރެއިން އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅުއްވާ 2 ފަރާތަކަށް  މި ފުރުސަތު ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޝައުޤުވެރިކަން ފާޅުކުރައްވާ ދިވެހި ފެޝަން ޑިޒައިނަރުންގެ  ޕްރޮޕޯސަލަށް ބަލާ، ހޮވޭ ފަރާތްތަކުގެ އުފެއްދުންތައް ޝޯވކޭސް ކުރުމަށްޓަކައި ހިގާނެ ކަމަށް ހުށައަޅާފައިވާ ޚަރަދުގެ ބައެއް، މިމިނިސްޓްރީގެ ފަރާތުން ހަމަޖައްސައި ދެވޭނެއެވެ.                                   

       ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ޖެނުއަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ޕްރޮޕޯސަލްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ވެލާނާގެ 11 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށަހެޅުއްވުމަށް ދަންނަވަމެވެ. 

          1- ފެޝަން ޑިޒައިންނަރުންގެ އުފެއްދުންތައް ހުށައެޅުމަށް ގަސްތުކުރާ ގޮތުގެ ކޮންސެޕްޓް ކަރުދާހެއް (މި ކަރުދާހުގައި އުފެއްދުންތައް  ހުށައެޅުމަށް ބޭނުން ކުރާނެ އިންސާނީވަސީލަތްތަކުގެ މައުލޫމާތާއި، ހިގާނެކަމަށް ލަފާކުރާ ޚަރަދުގެ ތަފްސީލް ގެ އިތުރުން، ކުރިމަތިލާ ޑިޒައިނަރުގެ ހުނަރު ދައްކުވައިދޭ ޑިޒައިން ތަކުގެ ޕޯރޓްފޯލިއޯ އެއް ހިމަނަންވާނެއެވެ).             

 

       އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާނަމަ، ދެންނެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.           

    މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3323668 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްއަށް މެއިލް ކުރެއްވުން އެދެމެވެ.

19 ޖަނަވަރީ 2022
ހޯދާ