އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓަރ

މަޤާމް :އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

އިޢުލާން ނަންބަރު: AS/IUL/2021/006

މަޤާމް: އިންޓަރނަލް އޮޑިޓަރ

ބޭނުންވާ އަދަދު: 1

ޑިޕާޓްމަންޓް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

 

މަޤާމުގެ ޝަރުތު:

  1. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އޮޑިޓް އެންޑް އެޝުއަރެންސްގެ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން.
  3. ހިންގުމުގެ ދާއިރާގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  4. ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  5. ސީ.އައި.އޭ، އޭ.ސީ.ސީ.އޭ، ސީ.އައި.އެމް.އޭ ނުވަތަ ސީ.ޕީ.އޭ ފަދަ ޕްރޮފެޝަނަލްސެޓްފިކެޓްއެއް އޮތް ފަރާތް ތަކަށް އިސްކަން ދެވޭނެއެވެ.

                                                        

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުނީގެ އިންޓަރނަލް އޮޑިޓް ކުރުމުގެ އެންމެހައި މަސައްކަތްތައް އިންޓަރނަލް އޮޑިޓް ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  2. ކުންފުނީގެ އިންޓަރނަލް އޮޑިޓިންގ އާއި ގުޅޭގޮތުން މެނޭޖްމަންޓަށާއި ކުންފުނީގެ ބޯޑަށް ދޭންޖެހޭ ފަންނީ އަދި އިދާރީ ލަފާ އެންމެ ފުރިހަމައަށް ދިނުން.
  3. ރިސްކް މެނޭޖް ކުރުމުގައި އެންމެ ފުރިހަމަ އެޕްރޯޗް އެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  4. ކުންފުނީގެ މަސައްކަތްތައް ހިނގަނީ ގާނޫނާ އަދި ގަވާއިދާއި އުސޫލުތަކާއި އެއްގޮތަށްތޯ ބެލުން.
  5. ކުންފުނީގެ އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭން އެކުލަވައިލުން
  6. ކުންފުނީގެ އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭން އާއި އެއްގޮތަށް އޮޑިޓްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުން.
  7. އިންޓަރނަލް އޮޑިޓްގެ ކުއަރޓަރލީ ރިޕޯރޓް އެކުލަވައިލައި އިސްލާޙްކުރުމަަށް ހުށަހެޅޭ ކަންތައްތައް ކުންފުނީގެ މެނޭޖްމަންޓަށާއި އޮޑިޓް ކޮމިޓީއަށް ހުށަހަޅައިގެން އިސްލާޙްކުރުން.
  8. އިންޓަރނަލް އޮޑިޓާ ގުޅިގެން ކުންފުނިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން
  9. އޮޑިޓް ކުރުމުގައި ގެންގުޅޭނެ އޮޑިޓް މެނުއަލް އަދި އެސްއޯޕީ ތައްޔާރުކުރުން  

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  3. ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/17900 ރުފިޔާ
  • ލިވިންގ އެލަވަންސް: -/4000 ރުފިޔާ
  • އެޓެންޑަންސް އެލަވަންސް: -/5370 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި:   25 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ޕޮލިސް ސެޓިފިކެޓް
  6. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

19 ޖަނަވަރީ 2022
ހޯދާ