ދިވެހިރާއްޖެ
އިޢުލާން
ޑްރައިވިންގ ޓްރެކް ބިމުގެ ވިނަނޮޅާ ސާފުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ކުރިއަށްގެންދިއުމަށް މިކައުންސިލްގެ ފަރާތުން އޭދަފުށީގައި ތައްޔާރުކޮށްފައިވާ ޑްރައިވިންގ ޓްރެކް ބިމާއި، އެބިމާއި އިންވެގެންވާ މަގު ވިނަނޮޅާ، ކުނިކަހާ ސާފުކުރުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2022 ޖަނަވަރީ 25 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، [email protected] އަށް، 2022 ޖަނަވަރީ 25 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ފޮނުވަންވާނެއެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6602535 އަށް ގުޅުއްވުން އެދެމެވެ.
16 ޖުމާދަލްއާޚިރާ 1443
19 ޖަނަވަރީ 2022