ކެންދޫ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އިޢުލާން ކުރަމެވެ.

ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

2022 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް އިޢުލާން ކުރަމެވެ.

 

1. ކެންދޫ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  މި މަސައްކަތަށް ބިޑް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫން (ޤާނޫން ނަންބަރ 18/2014) ގައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިއަކުން ރަޖިސްޓްރީކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

2. މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 19 ޖެނުއަރީ 2022 ން ފެށިގެން 25 ޖެނުއަރީ 2022 ށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 ން 13:30 ށް ކެންދޫ ސުކޫލު އޮފީހަށް ދުރުވެ ނަންނޯޓް ކުރުންއެދެމެވެ.

3. މި މަސައްކަތާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ 25 ޖެނުއަރީ 2022 ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުމަށް ދަންނަވަމެވެ.

4. މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 26 ޖެނުއަރީ 2022 ވާ އަންގާރަ ދުވަހުގެ 13:00 ގައި، ކެންދޫ ސުކޫލުގައެވެ.

5. ބިޑް ހުޅުވުން އޮންނާނީ 29 ޖެނުއަރީ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކެންދޫ ސުކޫލުގައެވެ.

ނަން ނޯޓްކުރުމާއި، އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

- ކެންދޫ ސުކޫލް

- ބ. ކެންދޫ، ދިވެހިރާއްޖެ

- ފޯން: 6600315

- އީމެއިލް: [email protected]

 

19 ޖެނުއަރީ 2022

19 ޖަނަވަރީ 2022
ހޯދާ