ދިވެހިރާއްޖެ
ރަސްދޫ ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތްތައް މި ކައުންސިލުންދޭ މަޢުލޫމާތާއިއެއްގޮތަށް ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.
ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2022 ޖަނަވަރީ 19 އިން 2022 ޖަނަވަރީ 24 ވަނަ ދުވަހާ ދެމެދު ކޮންމެ ދުވަހަކު ވެސް ރަޖިސްޓްރީވުމަށް އެދި [email protected] އީމެއިލަށް ނުވަތަ 6660676 ނަންބަރު ފޯނާ ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ނަންނޯޓްކުރުމުގެ ފުރުޞަތު ހުޅުވިފައިވާނެއެވެ. ރަޖިސްޓްރީވުމަށް ނަންނޯޓްނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ. ނަންނޯޓްކުރާ ފަރާތްތަކަށް މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ބިޑްޑޮކިއުމަންޓުގެ ހާޑުކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. އީމެއިލްމެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހަޅާފަރާތްތަކުން ކުންފުނި (ވިޔަފާރި/ޕާޓްނަރޝިޕް) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ހުށަހެޅުމަށް ސަމާލުކަންދެއްވުމަށް ދަންނަވަމެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2022 ޖަނަވަރީ 24 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ޕްރީބިޑް މީޓިން އޮންނާނީ 2022 ޖަނަވަރީ 25 ވަނަ ދުވަހުގެ 9:00 ގައި މި އިދާރާގައެވެ. އަދި ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2022 ޖަނަވަރީ 31 ވަނަ ދުވަހުގެ 11:30 ގައި މި އިދާރާގައެވެ.