ދިވެހިރާއްޖެ
ގަބުރުސްތާނު ވިނަ ނޮޅައި ސާފުކުރުން
މި ރަށުގައި މީހުން ވަޅުލުމަށް މިހާރު ބޭނުންކުރަމުންދާ ގަބުރުސްތާނު ގައި ފަޅައިފައިވާ ވިނައާއި، ގަސް ފަދަ ތަކެތި އެއް ފަހަރުން ނޮޅައި، ސާފުކުރުމަށް ބޭނުންވާތީވެ، 6000.00ރ. (ހަ ހާސް ރުފިޔާ) އަށް ވުރެ ބޮޑު ނުވާ އަގަކަށް، މި މަސައްކަތްކޮށްދެއްވާން ބޭނުންވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލަމެވެ.
ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2022 ޖަނަވަރީ 23 ވާ އާދީއްތަ ދުވަހު މެންދުރު 12:00 ގެ ކުރިން، ދީފައިވާ ލިންކު ގައި ވާ ފޯމު ފުރިހަމަކޮށްގެންނެވެ.
https://forms.gle/dQc8t9C4Jw27neSw9
މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައި ވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށް ދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
23 ޖަނަވަރީ 2022 (އާދީއްތަ) |
މެންދުރުފަހު 1:00 |
ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން |
25 ޖަނަވަރީ 2022 (އަންގާރަ) |
މެންދުރުފަހު 1:00 |
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު (ގާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައްޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކުންފުންޏެއްގެ ފަރާތުން ބައިވެރިވާ ނަމަ، ކުންފުނީގެ ވިޔަފާރި ރެޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅާން ވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުވާ ނަމަ، އެ ކަން އަންގައިދޭ ސިޓީއަކާއި ބަދަލު ގައި އަންނަ މީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ނުވަތަ ސާފު ފޮޓޯ އަކާ އެކު ފޮނުވުން އެދެމެވެ.
16 ޖުމާދަލްއާޚިރާ 1443ހ.
19 ޖަނަވަރީ 2022މ.