ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޔުނިވަރސިޓީގައި ކޮމްޕިއުޓަރ ލެބެއް ހެދުމުގެ މަސައްކަތް ކުރުމާއި ގުޅޭގޮތުން ކޮށްފައިވާ ނަންބަރު IUL)170-PR/170/2021/166) (23 ޑިސެމްބަރ 2021) އިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތު ކަރުދާހަށް ބައެއް ބަދަލުތައް ގެންނަން ޖެހުމާއި ގުޅިގެން، އެ އިޢުލާން ބާޠިލްކޮށް މަޢުލޫމާތު އިޞްލާހު ކުރުމަށްފަހު އަލުން އިޢުލާންކުރަމާއި ގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޔުނިވަރސިޓީގައި ކޮމްޕިއުޓަރ ލެބެއް ހެދުމުގެ މަސައްކަތް ކުރުމާއި ގުޅޭގޮތުން ކޮށްފައިވާ ނަންބަރު IUL)170-PR/170/2021/166) (23 ޑިސެމްބަރ 2021) އިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތު ކަރުދާހަށް ބައެއް ބަދަލުތައް ގެންނަން ޖެހުމާއި ގުޅިގެން، އެ އިޢުލާން ބާޠިލްކޮށް މަޢުލޫމާތު އިޞްލާހު ކުރުމަށްފަހު އަލުން އިޢުލާންކުރަމާއި ގުޅޭ

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ޔުނިވަރސިޓީގައި ކޮމްޕިއުޓަރ ލެބެއް ހެދުމުގެ މަސައްކަތް ކުރުމާއި ގުޅޭގޮތުން ކޮށްފައިވާ ނަންބަރު IUL)170-PR/170/2021/166) (23 ޑިސެމްބަރ 2021) އިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތު ކަރުދާހަށް ބައެއް ބަދަލުތައް ގެންނަން ޖެހުމާއި ގުޅިގެން، އެ އިޢުލާން ބާޠިލްކޮށް މަޢުލޫމާތު އިޞްލާހު ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ޕްރީބިޑް ބައްދަލުވުން އަދި ބީލަން ހުޅުވުން.

މި އިޢުލާން އާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އަދި ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

ޕާފޯމަންސް ގެރެންޓީ

މި އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތްތަކުން ހުށަހަޅާފައިވާ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %4 އެވެ.

 

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި

24 ޖަނަވަރީ 2022ގެ 10:00އަށް

ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން

24 ޖަނަވަރީ 2022ގެ 11:0 0އަށް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

26 ޖަނަވަރީ 2022ގެ 14:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

27 ޖަނަވަރީ 2022ގެ 11:00އަށް

 

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

18 ޖަނަވަރީ 2022
ހޯދާ