ދިވެހިރާއްޖެ
`
ޑްރަގް ކޯޓު
މާލެ، ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
(IUL)435-A1/2022/01 :ނަންބަރު |
||
ތާރީޚް: 18 ޖަނަވަރީ 2022 |
|||
|
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
|
ޢަދަދު |
1 |
ރޭންކް: ޖީ.އެސް.3 |
|
މަސައްކަތްކުރަންޖެހޭ ތަން |
ޑްރަގް ކޯޓު / ކ.މާލެ |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
|
ސެކްޝަން |
ސެކްޝަން/ޔުނިޓް: ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް.އާރު ޔުނިޓް |
|
|
އަސާސީ މުސާރަ: |
-/4,465 ރުފިޔާ |
|
|
އެލަވަންސް: |
- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ - ލިވިންގ އެލަވަންސް: -/2,700 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ. |
|
|
އަސާސީ ޝަރުޠު |
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ، - މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. |
|
|
އެހެނިހެން ޝަރުޠު |
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން. - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑްރަގް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން. |
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
1- ކޯޓަށް އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީ ވުމާއި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ކަމާބެހޭ ސެކްޝަނަކުން މަޢުލޫމާތު ހޯދާ މަޢުލޫމާތު ދިނުން. 2- އަންނަ ސިޓީއާއި ތަކެތި ބަލައިގަތުން. 3- ކޯޓުން ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުން ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން. 4- އެންޓްރީ ކުރުމާއި އެންޓްރީގެ ރެކޯޑްސް ބެލެހެއްޓުމާއި އެންޓްރީ ކުރާ ތަކެތި ސެކްޝަން ތަކަށް ޙަވާލުކޮށް އޭގެ ރެކޯޑްސްތައް ބެލެހެއްޓުން. 5- މުވައްޒަފުންނާ ވެރިންގެ ސަލާމް ނޯޓުކޮށް ދުވަހުން ދުވަހަށް ޙާޟިރީއަށް ނެގުން. 6- ކޯޓުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ދުވަހުން ދުވަހަށް ހޯދާ، ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން. 7- އޮފީސް އެސިސްޓެންޓުންނާއި މަސައްކަތު މީހުން ނުރަސްމީ ގަޑި ލިޔެ ދިނުމާއި ހުއްދަ ނަގައިދިނުން. |
|
|
ތަޢުލީމީ ރޮނގު |
އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ / އޮފީސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލަޖީ |
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް |
ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ޝަރީޢާ، ޤާނޫނު ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ |
|
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ. 5- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕ އަދި ޓްރާނސްކްރިޕްޓްގެ ކޮޕީ. 6- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ. 7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. 8- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. 9- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. |
|
|
ސުންގަޑި |
27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
|
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. - މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3018556 - އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު. - އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: [email protected] - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ލުރެވޭނެ ވާހަކަ ދެންނެވީމެވެ. - އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލއިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF)ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް އަންނައިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ. |
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާރކްސް ކަނޑައެޅިފައިވަނީ:
|
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން. - ޤާނޫނުތަކާއި، ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން. - ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އެޅެވޭނެ މީހެއް ކަމުގައިވުން. - މައިކްރޯސޮފްޓް ޕެކޭޖަށް އަހުލުވެރި ފަރާތެއްކަމުގައިވުން. |
|