މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް، ލޭންޑް ޔޫޒް ޕްލޭން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 19 ޖަނަވަރީ 2022 10:37 ގައި ބާތިލް ކުރެވިފައެވެ.


މިރަށުގައި މިހާރު ބޭނުންކުރަމުންދާ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 ޖަނަވަރީ 2022 އިން ފެށިގެން 14 ޖަނަވަރީ 2022  ގެ ނިޔަލަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ. ވީމާ ، ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected] މެއިލް އަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި ބިޑަށް ރަޖިސްޓްރީވުމުން ރަޖިސްޓްރީ ކުރެވުނުކަން ހުށަހަޅާފައިވާ މެއިލް އަށް އެންގޭނެވާހަކަ ދެންނެވީމެވެ.

  • ކުންފުނީގެ ނަން.
  • ކުންފުނީގެ މެއިލް.
  • ގުޅޭނެ މޮބަލް ނަންބަރ.

 

 

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބު ހުށައެޅުން

30 ޖަނަވަރީ 2022

އާދީއްތަ

13:00

މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެވޭނީ ހަމައެކަނި ބިޑުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު

އަގު

70%

މުއްދަތު

%20

ތަޖުރިބާ

10%

     ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

15 ޖުމާދަލްއާޚިރާ  1443

18     ޖަނަވަރީ  2022

18 ޖަނަވަރީ 2022
ހޯދާ