އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު، އޮފިސަރ (ޖީ.އެސް 3), ޕްރޮކިއުމަންޓް ސެކްޝަން

(IUL)38-CA/38/2022/20: ނަންބަރު

އިޢުލާން

ވަޒީފާގެ ފުރުޞަތު

 މަޤާމް

 އޮފިސަރ (ޖީ.އެސް 3)

 ބޭނުންވާ ޢަދަދު:

 01 (އެކެއް)

 ސެކްޝަން:

 ޕްރޮކިއުމަންޓް ސެކްޝަން

 އަސާސީ މުސާރަ:

 މަހަކު 4465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

 ސާރވިސް އެލަވަންސް:

 މަހަކު 1500.00 (އެއްހާސް ފަސްސަތޭކަ)

 ލިވިންގ އެލަވަންސް:

 މަހަކު 3000.00 (ތިންހާސް ރުފިޔާ)

 ޚާއްޞަ އެލަވަންސް:

 މަހަކު 2009.25 (މުސާރައިގެ %45)

 ވަޒީފާގެ ބާވަތް: 

 ދާއިމީ

 މަސައްކަތުގެ ވަގުތު:

 އިލެކްޝަންސް ކޮމިޝަންގެ ރަސްމީގަޑި އާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތް ކުރުން.

 ފެންވަރު ނުވަތަ ޝަރުޠު:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކްންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން ޝަރުތު:

  1. މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.
  2. ދިވެހި އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.
  3. ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން.
  4. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އިސްކޮށް ބައިވެރިވެއުޅޭ މީހަކުކަމުގައި ނުވުން.
  5. މަޤާމް ގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.

މަސްއޫލިއްޔަތު:

  • ސެކްޝަނަށް ތަކެތި/ ޚިދުމަތަށް އެދި ލިބޭ ރިކުއެސްޓްތައް ބަލައިގަނެ ދުވަހުން ދުވަހަށް ސެކްޝަންގެ ވެރިޔާގެ އަރިހަށް ގެންދިއުން
  • ޓާސްކް މެނޭޖްމަންޓް ސިސްޓަމްއިން ސެކްޝަންގެ ވެރިޔާ އެސައިންކުރާ މަސައްކަތްތައް ދެވިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމާއި، ޓާސްކް އަޕްޑޭޓްކުރުން އަދި މަސައްކަތް ނިންމުމަށް އިތުރު ވަގުތު ބޭނުންވާނަމަ ސިސްޓަމް މެދުވެރިކޮށް ރިކުއެސްޓްކުރުން.
  • އޮފީހަށް ބޭނުންވާ ތަކެތި/ ޚިދުމަތަށް  ބޭނުންވާ ކޯޓޭޝަން ހޯދުން.
  • އޮފީހަށް ބޭނުންވާ ތަކެތި/ ޚިދުމަތަށް  ބޭނުންވާ ކޯޓޭޝަން ހޯދުމުގައި ވާދަވެރި މާޙައުލެއްގައި އަދި ހެޔޮ އަގެއްގައި އެކަމެއް ކުރުމުގެ ބޭނުމުގައި އެމަސައްކަތަކާއި ގުޅުންހުރި ވީހާވެސް ގިނަ ވެންޑަރސްއަށް ކޯޓޭޝަނަށް އެދި މެއިލްފޮނުވުން.
  • ސެކްޝަނަށް ލިބޭ މައްސަލަތަކުގައި ސެކްޝަން ހެޑްގެ އަންގާގޮތެއްގެ މަތިން ޢަމަލުކުރުން.
  • އޮފީހަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވާ ފަރާތްތަކުން ބޭނުންވާ މަޢުލޫމާތު ދިނުން.
  • އަތޮޅުތެރޭގައި ކުރަންޖެހޭ ދަތުރުތަކާއި ބެހޭ އަގުތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އަތޮޅުތަކަށް ކޮމިޝަނުން ވަޑައިގަންނަވާ ބޭފުޅުންގެ ހުރުމާއި ކެއުން ހަމަޖެއްސުން.
  • އިންތިޚާބުތަކާއި ގުޅިގެން އަދި ކޮމިޝަނުގެ އެހެނިހެން މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ ދަތުރުފަތުރުގެ އެންމެހައި އިންތިޒާމުތައް ސެކްޝަން ހެޑްގެ ލަފާގެ މަތިން ހަމަޖެއްސުން.
  • އިޢުލާން ކޮށް ކޮމިޝަނުން  އެކި ފަރާތްތަކާއި ހަވާލުކުރާ މަސައްކަތްތަކުގެ އެގްރީމަންޓް ތައްޔާރުކުމާއި އެގްރިމެންޓަށް ޤާނޫނީ ސެކްޝަނުން ހޯދަން ޖެހޭ ލަފާ ހޯދުން.
  • ސެކްޝަން ހިންގުމަށް ބޭނުންވާ އުސޫލު ތަކާއި ގަވާއިދުތައް އެކުލަވާލުމުގައި ކުރަންޖެހޭ އިދާރީ ކަންކަން ކުރުން.
  • ކޮމިޝަނުގެ އިދާރީ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުން.
  • އިލެކްޝަންސް ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކާއި، އެކިއެކި އިންތިޚާބުގެ މަސައްކަތްތަކާ ގުޅިގެން ކެއުމާއި ސައިގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސުން.
  • އިލެކްޝަންސް ކޮމިޝަނަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް (ޤާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން) ހޯދުން.
  • ސެކްޝަންތަކުން ތަކެއްޗާއި ޚިދުމަތަށް އެދުމުން ފައިނޭންސް ސެކްޝަނުން މި ޚިދުމަތް ނުވަތަ ތަކެތި ހޯދުމަށް ފައިސާ ހުރިތޯ ބަލައި  ދަޢުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެތަކެތި ހޯދުން ނުވަތަ ޚިދުމަތެއް ދިނުން. (އަގު ހޯދުން އަދި ޕީ.އޯ ހެދުން)
  • އިޢުލާންކޮށްގެން ބިޑު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތަށް ސެކްޝަންތަކުން އެދުމުން ފައިނޭންސް ސެކްޝަނުން މި ޚިދުމަތް ނުވަތަ ތަކެތި ހޯދުމަށް ފައިސާ ހުރިތޯ ބަލައި ދަޢުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެތަކެތި ހޯދުން ނުވަތަ ޚިދުމަތެއް ދިނުން. ( އިޢުލާންކުރުމުގެ ހުއްދައަށް އެދި ބިޑް ކޮމިޓީއަށް ހުށަހެޅުން/މަޢުލޫމާތު ކަރުދާސް ތައްޔާރު ކުރުން/ އިޢުލާންކުރުން/ މަޢުލޫމާތު ދިނުން/ބިޑްބަލައިގަތުން/ބިޑް އިވެލުއޭޓްކޮށް ބިޑް ކޮމިޓީއަށް ހުށަހެޅުން/އެވޯޑް ލިޔުން ތައްޔާރުކޮށް ޙަވާލުކުރުން/އެގްރީމަންޓް ކުރުން/ތަކެތި ނުވަތަ ޚިދުމަތް ހޯދުން)
  • ބިޑް ޑޮކިއުމެންޓް ތައްޔާރުކުރުން.
  • ބިޑް ޑޮކިއުމަންޓް އިވެލުއޭޓްކޮށް ބިޑް ކޮމިޓީއަށް ފޮނުވުން.
  • ބިޑް ކާމިޔާބު ކުރެވޭ ފަރާތްތަކާއި، ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޖަވާބު ދިނުން.
  • ބިޑް ކާމިޔާބު ކުރެވޭ ފަރާތްތަކާއިއެކު ތައްޔާރު ކުރަންޖެހޭ އެގްރީމަންޓް ތައްޔާރުކޮށް ޤާނޫނީ ސެކްޝަންގެ ލަފާ ހޯދުން.
  • ހޯދާ ޚިދުމަތާއި ތަކެތީގެ ބިލް  ޕްރޮސެސް ކުރުމުގެ އިންތިޒާމު ހަމަޖެއްސުން. (ބިލް ހޯދުން/ތަކެތި ނުވަތަ ޚިދުމަތް ލިބުނުކަމަށް ސޮއި ކުރުވުން/ފައިނޭންސް ސެކްޝަނަށް ފޮނުވުން).
  • ތަކެއްޗާއި ޚިދުމަތް ހޯދުމަށްވެވޭ އެއްބަސްވުންތަކާ ގުޅިގެން ކޮމިޝަނަށް ލިބެންޖެހޭ ބިލްތައް ލިބެމުންދާކަން ކަށަވަރުކުރުން، އަދި ނުލިބޭނަމަ ސެކްޝަން ހެޑްގެ ލަފާގެ މަތިން  އަޅަންޖެހޭފިޔަވަޅު އެޅުން.
  • އެދިފައިވާ ތަކެތި ލިބުމުން، އެދުނު ސެކްޝަނަށް ލިޔެކިޔުމުން ތަކެތި ޙަވާލުކުރުން
  • ބިޑް ކޮމިޓީގެ މަސައްކަތްކުރާ މުވައްޒަފު ހާޒިރުނުވާ ދުވަހެއްނަމަ ބިޑު ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި، އެކޮމިޓީގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި، ކޮމިޓީއިން ނިންމާގޮތެއް ގެ މަތިން މަސައްކަތް ޙަވާލު ކުރުމާއި، އެނޫން ފަރާތްތަކަށް ޖަވާބު ދިނުމާއި، ކޮމިޓީން ނިންމާ ފަރާތަކަށް މަސައްކަތް ޙަވާލުކުރުން.
  • އެގްރީމެންޓުގައިވާ މުއްދަތަށް ޚިދުމަތާއި ތަކެތި ނުލިބޭ ކަމަށް ސެކްޝަނުން އަންގައިފިނަމަ އެކަން ސެކްޝަނުގެ ވެރިޔާއަށް އަންގާ ސެކްޝަންގެ ވެރިޔާގެ ލަފަޔާއެކު އެކަމަކަށް ފިޔަވަޅު އެޅުން.
  • ކޮންމެ މަހަކު ޢާންމުކުރަންޖެހޭ ޕްރޮކިއުމަންޓް ރިޕޯޓު ސެކްޝަން ހެޑްގެ ލަފާގެ މަތިން ތައްޔާރުކޮށް ކޮމިޝަންގެ ވެބްސައިޓުގަ އާއި ގެޒެޓުގައި ޝާއިޢުކުރުން.
  • ކޮންމެ އަހަރެއް ނިމުމުން ތައްޔާރުކުރަންޖެހޭ ޕްރޮކިއުމަންޓް ޕްލޭން ސެކްޝަން ހެޑްގެ ލަފާގެ މަތިން ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
  • ސަލާމުގައި ހުންނަނަމަ، ސެކްޝަނުގެ ވެރިޔާއަށް އެކަން އަންގާ އެދުވަހެއްގައި ނިންމުމަށް ހަވާލުކުރެވިފައިވާ މަސައްކަތުގެ މަޢުލޫމާތު، ސެކްޝަނުގެ ވެރިޔާއަށް ދިނުމާއި، އެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، ސެކްޝަނުގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • ޗުއްޓީ ނަގާނަމަ، ޗުއްޓީ  ނެގުމުގެ ކުރިން ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަށް ޗުއްޓީގައި ހުންނަ ދުވަސްވަރު، އެ މަސައްކަތް ކުރުމާ ހަވާލުވާ މުވައްޒަފަށް އޮޅުންފިލުވައި ދިނުމާއި، އެމަސައްކަތް ކުރެވޭނޭ އިންތިޒާމު ހަމަޖެއްސުމުގައި އެހީތެރިވެ ދިނުމާއި، ޕެންޑިންގައި ހުރި މަސައްކަތް ލިޔެކިޔުމުން ސެކްޝަންގެ ވެރިޔާއަށް ކޮޕީކޮށް އެމުވައްޒަފަކާ ހަވާލު ކުރުން.
  • މީގެ އިތުރުން ކޮމިޝަންގެ މަސައްކަތްތަކާ ގުޅިގެން ޑިވިޜަން / ސެކްޝަން ހެޑް އަންގާ މަސައްކަތްތައް ކުރުން.
  • ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން އިންތިޚާބާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުން.
  • މަތީގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ އިތުރުންވެސް ޤާނޫނާއި ގަވާއިދުތަކާއި ޚިލާފުނުވާނަމަ، ކޮމިޝަނުން އެވަގުތެއްގައި ޙަވާލުކުރާ ޒިންމާތަކާއި މަސްޢޫލިއްޔަތުތައް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު އަދާކުރުން.
  • ކޮމިޝަނަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި، ކޮމިޝަނުން ފާހަގަކުރާ އެކިއެކި ދުވަސްތަކާއި، ކޮމިޝަނުން ކުރަންޖެހޭ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވެ ސެކްރެޓަރީ ޖެނެރަލަށް އެހީތެރިކަން ފޯރުކޮށްދިނުން.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

  - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  - ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،

  5. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން:

  - މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

  - މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:         

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޖެނުއަރީ 27 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ޕޯރޓްކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަންގެ އީމެއިލު ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލު ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mbއަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ. ވަޒީފާއަށް އެދޭ ފޯމު މި ކޮމިޝަންގެ ރަސްމީ ވެބްސައިޓް www.elections.gov.mv  އިން ލިބެން ހުންނާނެއެވެ.

 އިތުރު މަޢުލޫމާތު:

  - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކެންޑިޑޭޓް ނަންބަރެއް ދެވޭނެއެވެ. އަދި އެ ނަންބަރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަންގާނެއެވެ.

  - ފޯމު ބަލައިގަތުމަށްފަހު ސައްޙަ ނޫން މަޢުލޫމާތެއް ހިމެނިފައިވާކަން ނުވަތަ ޝަރުތު ހަމަނުވާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެފޯމެއް ބާޠިލު ކުރެވޭނެ އެވެ.

  - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިއު ކުރެވޭނެއެވެ.

  - އަދި ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.

  - ވަޒީފާއަށް ކުރިމަތިލާ ފަރާތް އެމަޤާމަކަށް ޝަރުޠު ހަމެވެ އިންޓަވިއު ކުރެވުނު ނަމަވެސް އިންޓަވިއު އަދި ޢަމަލީ ޓެސްޓުން 50% އަށްވުރެ މަތިން މާކްސް ނުލިބޭނަމަ އެމަޤާމަށް ޤާބިލުނޫން ފަރާތެއް ކަމަށް ކަނޑައެޅޭނެއެވެ.

  - މި މަޤާމަށް ހޮވޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަރވިއުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މާކްސް ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ.

  - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

  - މި މަޤާމަށް ހޮވުމަށްފަހު ވަޒީފާއަށް ނިކުތުމަށް އެންމެ ގިނަވެގެން ދެވޭނީ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެކެވެ.

 

އޮފިސަރ – ޖީ.އެސް 3 ގެ މަޤާމަށް މާކުސް ދިނުމުގައި ބަލާނެ މިންގަނޑު

ބައިތައް

މާކްސް

 ތަޢުލީމާއި ތަމްރީނު

40

 މަސައްކަތު ތަޖުރިބާ (ގިނަވެގެން 10 އަހަރު)

10

 އިންޓަވިޔު

35

 ޢަމަލީ ޓެސްޓު

15

 ޖުމުލަ

100

ޝޯޓްލިސްޓު ކުރެވޭގޮތް:

 - ޖެނެރަލް ސަރވިސްގެ ގިންތީގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރާނީ ތަޢުލީމާއި، މަސައްކަތާއި، ތަޖުރިބާއާއި، ތަމްރީނާއި، ހުނަރުގެ މާކްސް ބެލުމަށްފަހު ލިބޭ މާކްސްގެ މަތީ ތަރުތީބަށް ބަލައިގެންނެވެ.

 - މަޤާމަށް ބޭނުންވާ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ ސެޓްފިކެޓްތަކަށް ވުރެ މަތީ ސެޓްފިކެޓް ހުށަހަޅާފައިވީ ނަމަވެސް، ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓް ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާ ކަމަކަށް ނުބެލެވޭނެއެވެ. އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ކަމާގުޅޭ ދާއިރާއިން ހޯދާފައިވާ މަތީ ސެޓްފިކެޓްތަކަށް، މާކްސް ދެވޭނީ ތަޢުލީމަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތުގެމަތީންނެވެ. (ޖީ.އެސް 3 އިން ފެށިގެން މަތީ ރޭންކުގެ މަޤާމުތަކަށް)

18 ޖަނަވަރީ 2022
ހޯދާ