މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް ގެނެސްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ރަށު ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ މައުލޫމާތު ޝީޓުގައިވާ ތަކެތި ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2022 ވަނަ ދުވަހުގެ 10:00 ގެ ކުރިން މިލިންކް
https://forms.gle/NPwUma5TvNinHv44A މެދުވެރިކޮށް ބިޑްރެޖިސްޓްރީ ގައި ބައިވެރިވެދެއްވުން އެދެމެވެ. މިމަސައްކަތާއިގުޅޭ ބިޑް ޑޮކިއުމެންޓް މިއިދާރާގެ ވެބްސައިޓްއިން 20 ޖަނަވަރީ 2022 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މަސައްކަތާއިގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 27 ޖަނަވަރީ 2022 ވަނަ ދުވަހުގެ ދުވަހުގެ 10:00 ގެ ކުރިން، މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށެވެ.

އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 27 ޖަނަވަރީ 2022ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި އަންދާސީ ހިސާބަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

18 ޖަނަވަރީ 2022
ހޯދާ