ދިވެހިރާއްޖެ
މި އިޢުލާނަކީ މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން ދިވެހިން ލިބުން ދަތިވެގެން ކޮންޓްރެކްޓް އުޞޫލުން ބިދޭސީން މަސައްކަތް ކުރަމުންދާ ވަޒީފާތަކަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން ކުރެވޭ އިޢުލާނެކެވެ.
މަޤާމް: މަސައްކަތު
މަޤާމުގެ ނަންބަރު: 299618
ބޭނުންވާ ޢަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: ކ. މަނިޔަފުށި
މުސާރ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ސަޕޯޓިން ކޯ އެލަވަންސް -/1200 ރުފިޔާ
ހާޑްޝިޕް އެލަވަންސް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ
ފުޑް އެލަވަންސް ނުކުންނަ ދުވަހަކަށް -/120 ރުފިޔާ
އިތުރު ޢިނާޔަތްތައް:
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން މިނިވަށްވޭޖް އެލަވަންސް ލިބޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- މުވައްޒަފުން ދިރިއުޅޭ އިމާރާތާއި އޮފީސްތެރެ ފޮޅާ ސާފުކޮށް ރީތިކޮށް ބެހެއްޓުން
- ރަށުތެރެ (ކ. މަނިޔަފުށި) ކުނިކަހާ ކުނިތައް ނަގާ، ކުނިނައްތާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން
- ގްރީން ހައުސްއާއި ލެބޯޓްރީ އިމާރާތް ސާފުކޮށް ބެލެހެއްޓުން
- މިސްކިތާއި ވެއަރ ހައުސްތެރެ ސާފުކޮށް ރީތިކޮށް ބެލެހެއްޓުން
- ހެޗަރީ ތެރެއާއި ޓޭންކްތައް ސާފުކޮށް ބެހެލެއްޓުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން
- މަނިޔަފުށީ ވޯރކް ސައިޓްގައި ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން
- ބަދިގެތެރެ ސާފުކޮށް ބެލެހެއްޓުމަށް ކައްކާ އަށް އެހީތެރިވެދިނުން
މަޤާމުގެ ޝަރުތު
- ލިޔަން ކިޔަން އެނގުން
----------------------------------------------------------------------------------------------------------------
މަޤާމް: ކައްކާ
މަޤާމުގެ ނަންބަރު: 299615
ބޭނުންވާ ޢަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: ކ. މަނިޔަފުށި
މުސާރ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ސަޕޯޓިން ކޯ އެލަވަންސް -/1200 ރުފިޔާ
ހާޑްޝިޕް އެލަވަންސް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ
ފުޑް އެލަވަންސް ނުކުންނަ ދުވަހަކަށް -/120 ރުފިޔާ
އިތުރު ޢިނާޔަތްތައް:
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން މިނިވަށްވޭޖް އެލަވަންސް ލިބޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ކ. މަނިޔަފުށީ މެރިކަލްޗަރ ރިސަރޗް ސްޓޭޝަނުގައި ތިބޭ މުވައްޒަފުންނަށާއި އެތަނަށްދާ މެރިން ރިސާރޗް ސެންޓަރުގެ އެހެން މުވައްޒަފުންނަށް ކައްކާ ކާންހެދުމުގެ ހުރިހާ ކަމެއް ކުރުން.
- މިނިސްޓްރީގެ ދޯނި ފަހަރުގައި ފަޅުވެރިންނާއި މުވައްޒަފުންނަށް ކައްކާ ކާން ހެދުމުގެ ހުރިހާ ކަމެއް ކުރުން.
- ކާޑުގެ ބާވަތްތަކާއި ކެއްކުމަށް ބޭނުންވާ އެހެނިހެން ތަކެއްޗާއި ސާމާނު ހަމަޔަށް ހުރިތޯ ބަލައި، ހޯދަންޖެހޭ ތަކެތި ހޯދުމަށް މަނިޔަފުށި މެރިކަލްޗަރ ރިސަރޗް ސްޓޭޝަނުގެ އޮފީހަށް ދުރާލާ އެންގުން.
- ބަދިގޭގައި ގެންގުޅޭ ރެފްރިޖިރޭޓަރު އުނދުން ފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
- މަނިޔަފުށީ ރަށުތެރެއާއި ބަދިގެއާއި އެހެން އިމާރާތްތައް ސާފުކުރުން.
- މަނިޔަފުއްޓަށް ގެންދާ ތަކެތި ދޯނިން ބާލައި ގުދަންކުރުމުގައި އެހީތެރިވުން.
މަޤާމުގެ ޝަރުތު
- ލިޔަން ކިޔަން އެނގުން
ގުޅޭ ވަޒީފާގެ ދާއިރާތައް
- ކައްކާ
---------------------------------------------------------------------------------------------------------------
މަޤާމް: މަސައްކަތު
މަޤާމުގެ ނަންބަރު: 320312
ބޭނުންވާ ޢަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: ޓްރޭނިންގ އެކްސްޓެންޝަން އެންޑް އެޑަޕްޓިވް ރިސާރޗް ސެކްޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ
މުސާރ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ސަޕޯޓިން ކޯ އެލަވަންސް -/1200 ރުފިޔާ
އިތުރު ޢިނާޔަތްތައް:
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން މިނިވަށްވޭޖް އެލަވަންސް ލިބޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- މުވައްޒަފުންގެ އެނދުތަކުގައި ބެޑްސީޓް ބަދަލުކުރުމާއި އެތަކެތި ދޮވެސާފުކުރުން.
- މުވައްޒަފުން ބޭނުންކުރާ 6 ފާޚާނާ ކޮންމެ ދުވަހަކުވެސް ދޮވެ ސާފުކުރުން.
- އިމާރާތްތަކުގެ ދޮރުތަކުގެ ދޮރުފޮތިތަކާއި، ސޯފާސެޓް ކުޝަނަ މަދުވެގެން މަހަކު 2 ފަހަރު ދޮވެ ސާފުކުރުން.
- ސެންޓަރުގެ މުވައްޒަފުންނަށް ކައްކައި ކާންހެދުމުގައި ކައްކާއަށް އެހީތެރިވެދިނުން އަދި ކައްކާ ނެތް ހާލަތެއްގައި ބަދިގޭގެ ހުރިހާ މަސައްކަތްތައް ކުރުން.
- ބަކަރިކޮށި އަދި ކުކުޅުކޮށިތައް ހިމެނޭ ސަރަހައްދު ކުނިކަހައި ވިނަނޮޅައި ސާފުކުރުން.
- ސެންޓަރުގެ ވަށައިގެންވާ ދެމަގު ކުނިކަހައި ވިނަނޮޅައި ބެލެހެއްޓުން.
- ބަކަރިކޮށި ސާފުކުރުމާއި ބަކަށި ފެންވެރުވުން.
- ދަނޑުމަތީގައި ފީލްޑް އޮފިސަރުންގެ ދަށުން މަސައްކަތްކުރުން (ބިންތައްޔާރު ކުރުން، ދަނޑުމަތިން ވިނަނޮޅުން، ގަސްތަކަށް ފެންޖެހުން ގަސްތަކަށް ކާންއެޅުން، ގަސްތައް ބެލެހެއްޓުމާއި ގަސްއިންދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުތު
• ލިޔަން ކިޔަން އެނގުން
ގުޅޭ ވަޒީފާގެ ދާއިރާތައް
- · ފޮޅާ ސާފުކުރުން
މަޤާމް: މަސައްކަތު
މަޤާމުގެ ނަންބަރު: 145261
ބޭނުންވާ ޢަދަދު: 1
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: ޓްރޭނިންގ އެކްސްޓެންޝަން އެންޑް އެޑަޕްޓިވް ރިސާރޗް ސެކްޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ
މުސާރ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ސަޕޯޓިން ކޯ އެލަވަންސް -/1200 ރުފިޔާ
އިތުރު ޢިނާޔަތްތައް:
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން މިނިވަށްވޭޖް އެލަވަންސް ލިބޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ނަމޫނާ ދެއްކުމަށް ކުރާ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން، މުޑުވައްކުރުން، ބިން ތައްޔާރުކުރުން ގަސް އިންދުން، ގަސްތަކަށް ފެންދިނުން ގަސްތަކަށް ގަސްތަކަށް ބޭހާއި. ކާނާ ދިނުން، މޭވާ ކެނޑުން ވިނަ ނޮޅުން ފަދަ މަސައްކަތްތައް ކުރުން.
- ތަޖުރިބާތައް ކުރުމަށާއި ނަމޫނާ ދެއްކުމަށް ސެންޓަރުގައި ގެންގުޅޭ ކުކުޅާއި ބަކަރިތައް ކާންދި ބެލެހެއްޓުން.
- ސެންޓަރަށް ނިސްބަތްވާ ސަރަޙައްދުތަކާއި އިމާރާތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.
- ސެންޓަރަށް ގެންނަ ތަކެއްޗާއި ސެންޓަރުން އެކިތަންތަނަށް ފޮނުވާ ތަކެތި އުފުލުން
- މިނިސްޓްރީން ރާވާގެން ހިންގާ ދަނޑުވެރިކަމުގެ އެކިއެކި ޕްރޮޖެކްޓްތަކާއި ޕުރޮގުމްތަކުގެ މަސައްކަތްތަކުގައި އެހީތެރިވުން.
- މިނިސްޓްރީން ރާވައިގެން ސެންޓަރުގައި ހައްދާ ނަމޫނާ ދަނޑުތައް ބެލެހެއްޓުން
މަޤާމުގެ ޝަރުތު
ދިވެހިރާއްޖޭގެ ޤައުމި ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން.
ގުޅޭ ވަޒީފާގެ ދާއިރާތައް
- · އެގްރިކަލްޗަރ
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް، ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ.
6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފަ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ވަޒީފާގެ މަސްއޫލިއްތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ޤާބިލްކަން ދެނެގަތުމަށް ކުރާ އިންޓަވިއު އަދި ޕްރެކްޓިކަލްސް
- ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓްއިން (https://www.gov.mv/en/service-forms/civil-service-job-application-form--1( ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖެނުއަރީ 2022 ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
(ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތަ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބެލުމަށްފަހު އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
އިންޓަރވިއި އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، އިމްތިހާނު ކުރުން ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) ޢާއްމުކުރުން.
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި [ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)] ޢާއްމުކޮށް ފެންނާނެހެން މި މިނިސްޓްރީގައި އަދި މިމިނިސްޓްރީގެ ވެބްސައިޓްގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް ވާނަމަ A2 ފޯމް ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މިމިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު ނަމްބަރު 3339291/ 3339244 ފޯނާއި ގުޅުއްވުން އެދެމެވެ. އީމެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ [އައްޔަން ކުރުމުގެ އުޞޫލާގުޅޭ] ލިންކް (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.