ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން
ސްޕެޝަލް އޮލިމްޕިކްސް (އެސް-އޯ މޯލްޑިވްސް) އިން ކުރިއަށް ގެންދަން ބޭނުންވާ ކުޅިވަރުތަކުގައި ދަރުމަވެރިންގެ ގޮތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާނެ ކޯޗުން ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 1 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެސް-އޯ މޯލްޑިވްސްގެ އީ-މެއިލް [email protected] އަށް މިކަމަށް އެދި ސިޓީއަކުން ހުށަހެޅުން އެދެމެވެ.
ކުޅިވަރުތައް:
- ފުޓްބޯޅަ
- ސްވިމިންގ
- ބެޑްމިންޓަން
- އެތުލެޓިކްސް
- ބާސްކެޓް
ސިޓީއާއި އެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސިވީ.
- ކޯޗިންގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓުތައް.
- މިހާރު އެއްވެސް ތާކު ކޯޗުކަން އަދާ ކުރާނަމަ އެތަނެއްގައި ކޯޗުކަން އަދާކުރާކަމުގެ ލިޔުން.
- މިނޫންވެސް މިކަމާ ގުޅުންހުރި ލިޔުންތައް
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަންގެ ނަންބަރު 7939944 އަށް ގުޅުއްވުން އެދެމެވެ.
18 ޖަނަވަރީ 2022
ހޯދާ
