ދިވެހިރާއްޖެ
އިޢުލާން
2022 ވަނަ އަހަރު މަޑުއްވަރީ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2022 ވަނަ އަހަރު މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 13 ޖަނަވަރީ 2022 ވަނަ ދުވަހު ކުރެވުނު އިޢުލާނާ (އިޢުލާން ނަންބަރ: GS-128/IUL/2022/03) ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަންނޯޓް ކުރައްވާނީ: |
18 ޖަނަވަރީ 2022 ން 20 ޖަނަވަރީ 2022 ށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 12:00 ށެވެ. |
ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ: |
20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މަޑުއްވަރީ ސްކޫލުގައެވެ. |
ބީލަން ހުޅުވުން އޮންނާނީ: |
24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މަޑުއްވަރީ ސްކޫލުގައެވެ. |
- މިބީލަމާއިގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
- ނަންނޯޓް ކުރުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު: 6580146 އާއި ގުޅުއްވުން އެދެމެވެ.
- އީ މެއިލް އެޑްރެސް: [email protected]