ދިވެހިރާއްޖެ
JDS Scholarship 2021 / Japan (Deadline Extended) |
މިމިނިސްޓްރީގެ ނަންބަރު: l (IUL) 475-Schol/475/2021/267 (27 ޑިސެންބަރ 2021) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން ދިވެހިރާއްޖެއަށް ދެއްވާފައިވާ މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު 19 ޖަނަވަރީ 2022 ގެ 14:00 ގެ ނިޔަލަށް އިތުރު ކުރެވިފައިވާކަމަށް ޖޭޑީއެސް އިން ވަނީ އަންގާފައެވެ. މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ކޯހުގެ ހުރިހާ ޚަރަދެއް ސްކޮލަރޝިޕް ދެއްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.
މިސްކޮލަރޝިޕްގެ ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކް އިން ލިބެން ހުންނާނެއެވެ. JDS website: https://jds-scholarship.org
Email: [email protected]
............................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. |