މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށީ މެދު އަވަށު އަންހެނުންގެ މިސްކިތުގައި ޤުރުއާން ކްލާސް އަދި ރައްޔިތުންނާއިގުޅޭ ޢިލްމީ ތަމްރީނު ކޯސްތައް ކުރިއަށްގެންދިއުމާއިގުޅޭ:

އިޢުލާން

 

އޭދަފުށީ މެދު އަވަށު އަންހެނުންގެ މިސްކިތުގައި ޤުރުއާން ކްލާސް އަދި ރައްޔިތުންނާއިގުޅޭ ޢިލްމީ ތަމްރީނު ކޯސްތައް ކުރިއަށްގެންދިއުމާއިގުޅޭ:

 

                  އޭދަފުށީ މެދުއަވަށު އަންހެނުންގެ މިސްކިތުގައި ޤުރުއާން ކްލާސް އަދި އިލްމީ  އެކިއެކި ތަމްރީނު ކޯސްތައް ކުރިއަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

   

                  ވީމާ، ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު  މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

         މަޢުލޫމާތު ދިނުން

     އަންދާސީ ހިސާބު ހުށަހެޅުން

23 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ  13:30 އަށް

30  ޖަނަވަރީ  2022 ވާ އާދީއްތަ  ދުވަހުގެ 13:00 އަށް

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ޙާޟިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެމީހަކީ ކާކުކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއް އަދި ކިޔަވައިދޭ ތަނެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ.  ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ.

           

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖަނަވަރީ 2022
ހޯދާ