ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 06 (ހައެއް) ލެޕްޓޮޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2022 އިން ފެށިގެން 19 ޖަނަވަރީ 2022 ގެ ނިޔަލަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ހަމަ މީގެ އިތުރު މިމަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށެވެ. ވީމާ ، ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު dhuvaafaru.e8@gmail މެއިލް އަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވައިދެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީވުމުން ރަޖިސްޓްރީ ކުރެވުނުކަން ހުށަހަޅާފައިވާ މެއިލް އަށް އެންގޭނެވާހަކަ ދެންނެވީމެވެ. މެއިލް ފޮނުއްވާއިރު އިޢުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
- ކުންފުނީގެ ނަން.
- ކުންފުނީގެ މެއިލް.
- ގުޅޭނެ މޮބަލް ނަންބަރ.
|
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
25 ޖަނަވަރީ 2022 |
އަންގާރަ |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
02 ފެބްރުއަރީ 2022 |
ބުދަ |
11:00 |
މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެވޭނީ ހަމައެކަނި ބިޑުގައި ރަޖިސްޓްރީ ކުރާފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވި ނަމަވެސް ބިޑުގައި ބައިވެރިވެވޭނެއެވެ.
އިތުރު މަޢުލޫމާތު |
|
އަގު |
85% |
ފޯރުކޮށްދޭނެ މުއްދަތު |
15% |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
14 ޖުމާދަލްއާޚިރާ 1443
17 ޖަނަވަރީ 2022