މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުން

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއާއި ދިދައެއްގެގޮތުގައި ކަނޑައަޅާ ލޯގޯއާއި ދިދައަކަށް އިނާމެއްގެ ގޮތުގައި -/10،000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމާބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސްކޮށްފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޖަނަވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯއާއި ދިދައިގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯއާއި ދިދަ ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް  [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 ޖުމާދަލްއާޚިރާ 1433

17 ޖަނަވަރީ    2022

17 ޖަނަވަރީ 2022
ހޯދާ