މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިފީގެ ޖޫރިމަނާގެ ގޮތުގައި ނަގާފައިސާއަށް ބަދަލުގެނައުން

އިޢުލާން

 

ކުނިފީގެ ޖޫރިމަނާގެގޮތުގައި ނަގާފައިސާއަށް ބަދަލުގެނައުން

 

ބޭންކް އޮފް މޯލްޑިވްސް އިން ވަކިލާރި (ދަގަނޑު ރުފިޔާ) ޖަމާކޮށްދިނުން ހުއްޓާލާފައިވާ ކަމަށް ދަންނަވާފައިވާތީ، 13 ޖަނަވަރީ 2022 ގައި ބޭއްވި މިކައުންސިލްގެ 4 ވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ވަނީ މިހާރު ޖޫރިމަނާގެ ގޮތުގައި ދުވާލަކު ދައްކަންޖެހޭ -/2ރ (ދެރުފިޔާ) ގެ ބަދަލުގައި ޖޫރިމަނާގެ ގޮތުގައި ދުވާލަކު -/5ރ (ފަސްރުފިޔާ) ނަގާގޮތަށް ފާސްކޮށްފައެވެ.

ވީމާ، 14 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން ކުނިފީ ދައްކަން ޖެހޭ ތާރީޚްގެ ފަހުން ފީ ދައްކާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައިން ދުވާލަކު -/5ރ (ފަސްރުފިޔާ) ދައްކަންޖެހޭނެ ވާހަކަ އާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

16 ޖަނަވަރީ 2022
ހޯދާ