ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގައި ސޯލާ ޕެނަލް ހަރުކުރުމާއި ގުޅޭ.

މި އިޢުލާންގައިވާ ތަފްސީލްތަކާއި އެއްގޮތްވާގޮތުގެމަތިން މިއިދާރާއަށް ސޯލާޕެނަލް ސަޕްލައިކޮށް އިންސްޓޯލްކޮށް ނެޓް މީޓަރ ހަރުކުރުމާއި ގުޅޭ އެންމެހައި ކަންކަން ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

10KW Three Phase Grid Tied Roof to PV System photovoltaic Module(500W)

Cell per module: 150 Cells

Module Efficiency: 20.7%

Type: Monocrystalline

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2022 ވަނަ ދުވަހުގެ 13:15 އަށް މި އިދާރާ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

- އަންދާސީ ހިސާބު ހުށަހަޅާއިރު މަސައްކަތް ކުރުމަށް ހިނގާނެކަމަށް ލަފާކުރެވޭ އަގާއި، މުއްދަތު އަދި ހުށަހަޅާފަރާތުގެ ސޮއި ޖަހާފައި އޮންނަންވާނެއެވެ. (މި މަޢުލޫމާތު ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ.)

- ގަޑި ޖެހުމުގެ ކުރިން އަދި ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ. ކޮންމެ ފަރާތަކަށް ހުށަހެޅޭނީ ގިނަވެގެން 1 އަންދާސީ ހިސާބެވެ.

- އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އަދި 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

- ހުށަހަޅާ އަންދާސީ ހިސާބަށް (ވެލިޑިޓީގެ ގޮތުގައި) 90 ދުވަހުގެ މުއްދަތެއް ދޭންވާނެއެވެ. އަދި މިމުއްދަތުގެ ތެރޭގައި މަސައްކަތް ކުރުމަށް ލިބިއްޖެނަމަ ހުށަހަޅާފައިވާ އަގުތަކުގައި މަސައްކަތް ކޮށްދޭންވާނެއެވެ.

- އަންދާސީ ހިސާބާއިއެކު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް؛

މަސައްކަތުގެ އަގު %90  އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

މުއްދަތު %5   އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް

ތަޖުރިބާ %5   ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެން ގިނަ ލިޔުންތައް ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް/މާކްސް ލިބޭގޮތަށް (މިގޮތުން ޕޮއިންޓް/މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ގިނަވަގެން 5 ލިޔުމަށް، ލިޔުމަކަށް 1 ޕޮއިންޓް/މާކްސް ލިބޭގޮތަށް)

            މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ޖަނަވަރީ 2022
ހޯދާ