މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޓްރެވަލް އެޖެންސީގެ އަހަރީ ރިޕޯޓް ހުށަހެޅުމާ ގުޅިގެން

އިޢުލާން

 

"ދިވެހިރާއްޖޭގައި  ޓޫރިޒަމާގުޅުންހުރި ދަތުރު ރާވައިހިންގުމުގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު" ގެ 9 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހެއެވެ. މި އަހަރީ ރިޕޯޓު ހުށަހަޅުއްވަންޖެހޭ ފޯމެޓް މިމިނިސްޓްރީގެ ވެބްސައިޓް ލިންކް https://www.tourism.gov.mv/en/downloads/application_forms އިން ލިބިވަޑައިގަންނަވާނެއެވެ.

 

އެގޮތުން ދިވެހިރާއްޖޭގައި ދަތުރުރާވާ ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ އަހަރީ ރިޕޯޓު 30 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ހަދުމަފުޅުކޮށްއަރުވަމެވެ. އަދި، 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މި މުއްދަތުގެ ކުރިން ހުށަނާޅާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާޠިލުކުރުމުގެ އިޙްތިޔާރު މިމިނިސްޓްރީއަށް ލިބިފައިވާ ވާހަކަ ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

14 ޖުމާދަލްއާޚިރާ 1443

17 ޖަނަވަރީ 2022
ހޯދާ