މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ދޫކުރުމާއި ބެހޭ

އިޢުލާން

ގާޑިޔާ ދޫކުރުމާއިބެހޭ

              މިއިދާރާގެ ނަމްބަރ: 127/2021/335/AS-335(IUL)  ( 23 ނޮވެމްބަރ 2021)  އިޢުލާންއާއެކު ގާޑިޔާ  ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަމަށް ފީނެގުމާއިބެހޭ އުޞޫލް ޢާންމު ކުރެވި އެކަމަށް އެދޭފަރާތްތަކުން ސިޓީ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 31 ޑިސެމްބަރ 2021 ގެ ނިޔަލަށް( އެއަހަރުގެ ނިޔަލަށް ) އެދިފައިވާ 7 ފަރާތަކަށް  އެއުޞޫލުގައިވާ ގޮތުގެމަތިން ގާޑިޔާ ދޫކުރުމަށް ޤުރުޢަތުލާ ވަނީ 7 ގާޑިޔާ ދޫކުރެވިފައެވެ. އެގިވަޑައިންނަވާނެފަދައިން އުޞޫލުގައިވާ ގޮތުގެމަތިން ގާޑިޔާ ބެހެއްޓުމަށް ކައުންސިލުން ހަމަޖައްސާފައިވަނީ ޖުމުލަ 13 ތަނެއްގައެވެ.  

      އަދި  މިއަހަރު ފެށުނު ފަހުން ގިނަފަރާތްތަކަކުން ގާޑިޔަލަށް އެދެމުންދާތީ،  މިކަމަށް އެދޭ ފަރާތްތަކަށް ސިޓީ ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 31 ޖަނަވަރީ 2022 ދުވަހުގެ 14:00 ކަމުގައި ހަމަޖައްސާ އާންމުކޮށް އެންގީމެވެ.

16 ޖަނަވަރީ 2022
ހޯދާ