މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެޑްމިން އޮފިސަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                         އިޢުލާން ނަންބަރު: ‭‭(IUL)MMPRC-HR/1/2022/3

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެޑްމިން އޮފިސަރ

މުސާރަ (މަހަކު) : -/7,080 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,360 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2,360 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އެޑްމިން ޔުނިޓް

ބޭނުންވާ އަދަދު: 1

1.  ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ. ކޯޕަރޭޝަނުން ކުރިއަށް ގެންދާ އެކިއެކި ޚަރަކާތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން ކުރުން.

ށ. އެކިފަރާތްތަކާއި އެކު ހެދޭ އެގްރިމަންޓްތަކާއި ގުޅޭ މަސައްކަތްތަކުގެ އެންމެހައި މަސައްކަތްކުރުން.

ނ. ކޯޕަރޭޝަނުން ރަޖިސްޓްރީ ކުރަންޖެހޭ ލޯގޯ، ޓްރޭޑްމާކް އަދި ލައިސަންސް ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ އެންމެހާ މަސައްކަތްކުރުން.

ރ. އޮފީސް ހުޅުވާ/ލެއްޕުމުގެ ޑިއުޓީ ޝެޑިއުލް ގަވާއިދުން ހެދުމާއި މި މަސައްކަތް ސުޕަވައިޒަރގެ ލަފާގެ ދަށުން ބެލެހެއްޓުން.

ބ. ކޯޕަރޭޝަނުގެ މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމުގެ އެންމެހާ ކަންތައްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާ ތައްޔާރުކޮށް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

ޅ. ކޯޕަރޭޝަނުގެ އިލްކްޓްރޯނިކް އަދި މެނުއަލް ފައިލިންސިސްޓަމް ތައްޔާރުކޮށް ބެލެހެއްޓުން.

ކ. ސެކްޝަންގެ ސިޓީ، ނޯޓް އަދި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

އ. ކޯޕަރޭޝަނުން ދަތުރު ތަކަށް ބޭނުންވާ ވިސާ ނެގުމާއި  ދަތުރު ތަކަށް ބޭނުންވާ އެހެނިހެން މަސައްކަތް ކުރުން.

ވ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

20 ޖެނުއަރީ 2022 ވަނަ ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ.

އ. ޕޮލިސް ރިޕޯޓް

5. އިތުރު މަޢްލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

16 ޖަނަވަރީ 2022
ހޯދާ