ދިވެހިރާއްޖެ
ބ. ދަރަވަންދޫ މަސްޖިދުލްޣާލީ ފޮޅައި ސާފުކުރުމުގެ މަސައްކަތާއި ކުދި ކުދި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރުން
ބ. ދަރަވަންދޫ މަސްޖިދުލްޣާލީ ފޮޅައި ސާފުކުރުމުގެ މަސައްކަތާއި ކުދި ކުދި މަރާމާތުގެ މަސައްކަތްތައް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު (IUL)318-PRO/318/2021/50 އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބިޑްކޮމެޓީއިން ބާތިލުކޮށްފައިވާތީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.
މަޢުލޫމާތު ދިނުން |
2022 ޖަނަވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 11:00 |
އަންދާސީ ހިސާބު ހުށަހެޅުން |
2022 ޖަނަވަރީ 24 ވާ ހޯމަ ދުވަހުގެ 13:00 |
އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.