ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން
މާލެ، |
އިޢުލާނު ނަންބަރު: |
(IUL)120-D/1/2022/6 |
ދިވެހިރާއްޖެ. |
ޕްރޮޖެކްޓުގެ ނަންބަރު: |
120-D/LG /2022/NCS03 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން
މިޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކުގެ ސުވާލުކަރުދާސްތަކާއި އިމްތިހާނުތަކާގުޅޭ ތަކެތި ތަންތަނަށް ގެންދިއުމަށް ކުރާ ދަތުރުތައް ކުރުމަށްޓަކައި، ކާރާއި ވޭން އަދި ޕިކަޕުގެ ޚިދުމަތް ދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޖަނަވަރީ 16 ން 2022 ޖަނަވަރީ 27 ވަނަ ދުވަހުގެ 12:00 އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމް" ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/oyrFnces4ocuVPUu6 މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖަނަވަރީ 27 ވަނަ ދުވަހުގެ 12:00ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 31 ވަނަ ދުވަހުގެ 13:00 ގައިމި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] mv މެއިލް މެދުވެރިކޮށް އަދި،
ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަން
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް
ހ. އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ
މަޖީދީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 4003966/4003999 އިން ލިބިވަޑައިގަންނަވާނެއެވެ.
13 ޖުމާދުލްއާޙިރާ 1443
16 ޖަނަވަރީ 2022
16 ޖަނަވަރީ 2022
ހޯދާ