ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް |
|
|
މާލެ، |
އިޢުލާނު ނަންބަރު: |
(IUL)120-D/1/2022/5 |
ދިވެހިރާއްޖެ. |
ޕްރޮޖެކްޓުގެ ނަންބަރު: |
120-D/LG /2022/NCS02 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ހޯލުތަކަށް ގޮނޑި އާއި ޑެސްކް އެތުރުމާއި، ތަކެތި އުފުލުމަށް މީހުންގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން
މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކާއި އެކިއެކި ބައްދަލުވުންތައް ފަދަ ކަންކަމާއި ގުޅިގެން ހޯލުތަކަށް ގޮނޑިއާއި ޑެސްކް ގެންގޮސް އެތުރުމާއި ގެނައުމާއި އަދި ފޮށިފަދަ ތަކެތި ގެންގޮސް ގެނައުމަށް އުފުލާ ބޭލުމާއި ތަންތަނުގައި ބަހައްޓައި އަތުރާ ތަރުތީބު ކުރުމަށް މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޖަނަވަރީ 16 ން 2022 ޖަނަވަރީ 27 ވަނަ ދުވަހުގެ 12:00އާއި ހަމައަށް "ބިޑް ރަޖިސްޓްރީ ފޯމު"ގެ ލިންކު: https://forms.gle/oyrFnces4ocuVPUu6 މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
- ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖަނަވަރީ 27 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 31 ވާ ހޯމަ ދުވަހުގެ 11:00 ގައިމި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަސްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] mv މެއިލު މެދުވެރިކޮށް އަދި،
ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް
ހ. އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ
މަޖީދީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 4003966/4003999 އިން ލިބިވަޑައިގަންނަވާނެ އެވެ.
13 ޖުމާދަލްއާޚިރާ 1443
16 ޖަނަވަރީ 2022