ހިމަންދޫ ސްކޫލް، އ.އ. ހިމަންދޫ
ދިވެހިރާއްޖެ
ބައުއޮފީސް ގޯތިން ސްކޫލަށް ލިބުނު ބައި ސާފުކުރުން

 

ބައުއޮފީސް ގޯތިން ސްކޫލަށް ލިބުނު ބައި ސާފުކުރުން

 

މި ރަށު ބައުއޮފީސް ގޯތިން ސްކޫލަށް ލިބުނު ބައި ގައިހުރި ރުއްގަހާއި ތަކެތި ނަގާ ސާފުކޮށް ދަރިވަރުންގެ ކުޅޭބިމެއްގެ ގޮތަށް ތަން ހަދަން ބޭނުންވެއްޖެއެވެ.

                         ވީމާ، އަމިއްލަތަކެތީގައި މި މަސައްކަތް ކޮއްދެއްވާނެ ފަރާތްތަކުން 2022 ޖެނުއަރީ 16 ވާ އާދީއްތަ ދުވަހުންފެށިގެން ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ޖެނުއަރީ 24 ވާ ހޯމަ ދުވަހު 11:00 އަށް އެސްޓިމޭޓް ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.

1-      ރުކާއި ގަސް ބުޑާއިއެކު ނަގާ ސާފުކުރުން

2-      އެތާންގައި އަޅާފައިވާ ސިމެންތި އަށި ތަޅާލާ ބިންސާފުކުރުން

3-      ސިމެންތި ތާންގީ ހެދުމަށް އަޅާފައިވާ 4 ބުޑު ކޮނެގެންނަގާ ސާފުކުރުން

4-      ބުޑުނެގި ތަންތަނަށް ކަޅުވެލި އަޅާ ފެންއަޅާ ހަރުކޮށް މުޅި ތަނުގެ ވެލިގަނޑު އެއްވަރުކުރުން.

5-      ތަޅާލުމާއި ބުޑު ކޮނެގެން ނެގި ގައުތައް އެބިމުގައި ވަޅުލާ ފަސް ފަސްގަނޑު ހަރުކޮށް އެއްވަރުކުރުން.

 

16.01.2022

16 ޖަނަވަރީ 2022
ހޯދާ