ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތަށް ބަދަލުގެނައުމާއި ގުޅޭ

ކުޅުދުއްފުށި ސިޓީގައި ކޯވިޑް 19 ގެ ޙާލަތު ގޯސްވަމުންދާތީ އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި އިދާރާއިން ދެމުންގެންދާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޙިދުމަތް ދެމުންދާގޮތަށް ވަނީ ބަދަލުގެނެވިފައެވެ. އެގޮތުން 17 ޖަނަވަރީ 2022ން ފެށިގެން މި ޚިދުމަތް ދެމުންގެންދާނީ އެޕޮއިންޓްމެންޓް ދޫކޮށްގެންނެވެ. އެޕޮއިންޓްމަންޓް  ހެއްދެވުމަށް  ގުޅުއްވާނީ  ބަންދު  ނޫން ކޮންމެ  ދުވަހެއްގެ ހެނދުނު  8:30–9:30 އަށް 6527148 އަށެވެ. އައި.ޑީ.ކާޑު ބަލައި ދުރުވާނީ މި އިދާރާއިން އެސް.އެމް.އެސް މެދުވެރިކޮށް އަންގާ ވަގުތެއްގައެވެ. ޚިދުމަތް ލިބިގަތުމަށް ކޮންމެ ބޭފުޅަކަށްވެސް ހަމަޖެހިފައިވާ ވަގުތުގައި ވަޑައިގެން ހިދުމަތް ހޯއްދެވުމަކީ މި އިދާރާގެ ނުހަނު ބޮޑު އެދުމެކެވެ.   

16 ޖަނަވަރީ 2022
ހޯދާ