ދިވެހިރާއްޖެ
އިޢުލާނު
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރުން
މި އޮފީހުގެ ނަންބަރު 1/2022/1/ޕީ.ޕީ.އޯ-1(އައި.ޔޫ.އެލް) (5 ޖަނަވަރީ 2022) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުސްވެފައިވާ 5 މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކުރައްވައި، އެކަން އިޢުލާނުކުރަމެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2022 ޖަނަވަރީ 30 ވާ އާދިއްތަ ދުވަހާއި އަދި 31 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި، މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.